"އިލެކްޓްރޮލަކްސް"ގެ ޕްރޮމޯޝަން މާދަމާ: ރެފްރިޖަރޭޓަރާއި އަވަނުން ޑިސްކައުންޓް ދެނީ
"އިލެކްޓްރޮލަކްސް"ގެ ޕްރޮމޯޝަން މާދަމާ: ރެފްރިޖަރޭޓަރާއި އަވަނުން ޑިސްކައުންޓް ދެނީ

ސިމްޑީން ވިއްކާ މަޝްހޫރު "އިލެކްޓްރޮލަކްސް" ބްރޭންޑުގެ ރެފްރިޖަރޭޓަރާއި އަވަނުން ޑިސްކައުންޓު ދޭ ޕްރޮމޯޝަނެއް ފަށަން ތައްޔާރުވެއްޖެ އެވެ.

"އިލެކްޓްރޮލަކްސް"ގެ ޕްރޮމޯޝަން މާދަމާ: ރެފްރިޖަރޭޓަރާއި އަވަނުން ޑިސްކައުންޓް ދެނީ
"އިލެކްޓްރޮލަކްސް"ގެ ޕްރޮމޯޝަން މާދަމާ: ރެފްރިޖަރޭޓަރާއި އަވަނުން ޑިސްކައުންޓް ދެނީ

ސިމްޑީގެ ރެސޫ ޝޯރޫމްގައި މާދަމާ ފަށާ މި ޕްރޮމޯޝަނުގައި "އިލޮކްޓްރޮލަކްސް"ގެ ރެފްރިޖަރޭޓަރާއި އަވަނުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. ޕްރޮމޯޝަން އަންނަ ސެޕްޓެމްބަރު މަހު 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ސިމްޑީން ބުނި ގޮތުގައި މި ޕްރޮމޯޝަނަކީ ބަދިގޭގެ އެޕްލަޔަންސްތައް އަޕްގްރޭޑްކޮށް، ކެއްކުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭނެ ޕްރޮޑަކްޓުތަކެއް ހޯދަން ކަސްޓަމަރުންނަށް ލިބޭނެ ފުރުސަތެކެވެ. އަދި "އިލޮކްޓޮ" އަކީ ކޮލެޓީ ރަނގަޅު، ގިނަ މުއްދަތަކަށް ގެންގުޅެވޭނެ އެފިޝަންޓު ޕްރޮޑަކްޓުތަކެއްކަމަށް ސިމްޑީން ބުންޏެވެ. އަދި މިއީ ތިމާވެއްޓާއި ރައްޓެހި ކަރަންޓުގެ ހަރަދު ކުޑަ ޕްރޮޑަކްޓުތަކެއްކަން ވެސް ފާހަގަކުރި އެވެ.

ސިމްޑީ ރެސޫގައި "އިލޮކްޓްރަލަކްސް"ގެ އެކި ރޭންޖުތަކުގެ ރެފްރިޖަރޭޓަރާއި އަވަން ހުރެ އެވެ. އަދި އެ ބްރޭންޑުގެ ގިނަ ކިޗަން އެޕްލަޔަންސް އެ ތަނުގައި ލިބެން ހުރެ އެވެ.