މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފި
މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަނިކޮށް، މެންދުރު ނަމާދު ވަގުތު ޖެހުމާ އެކު، ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ވަގުތު ބަހުސް ކުރަމުން ދިޔަ މެންބަރުގެ މައިކު ކަނޑާލައްވައިފަ އެވެ. އެއާ އެކު، އެ ވަގުތު މުޅި މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު ގުގުމާލި އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޖަލްސާ އަލުން ކުރިޔަށް ގެންދެވީ ބަންގި ނިމުމުންނެވެ.

މިއީ މަޖިލީހުގެ ތާރީހުގައި ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފެށި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބަންގި ވަގުތަށް ޓީވީގެ ލައިވް ކަނޑާލިޔަސް ޖަލްސާ ކުރިއަށް ގެންދެ އެވެ.