ފައިނޭންސް ފޯރަމުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ފައިނޭންސް ފޯރަމުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މިއަދު ފަށާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2024ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

މި ފޯރަމްގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރެއްވީ ދިރާގުގެ ފައިނޭންޝަލް ކޮންޓްރޯލަރު އާދަމް އާތިފް އެވެ.

އޭނާ ވިދާޅުވީ ދެމެހެއްޓެނިވި މާލީ އަދި އިޖުތިމާއީ ކުރިއެރުމަށް އެކި ތަޖުރިބާކާރުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތައް އެކުގައި މަސައްކަތްކޮށް އެންމެ ފަހުގެ މައުލޫމާތު ދެނެގަތުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. މިފަދަ އިވެންޓަކަށް ޑިޖިޓަލް އެހީތެރިކަން ފޯރުކޮށްދީ، އެއްބާރުލުންދިނުމަކީ ކުންފުންޏަށް ލިބޭ އުފަލެއް ކަަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ޕެންޝަން އޮފީހުން އިންތިޒާމްކުރި މި ފޯރަމް 2012 އިން ފެށިގެން އަންނަނީ ބާއްވަމުންނެވެ.

މި ފޯރަމްގައި، ރާއްޖޭގެ މާލީ އަދި އިޖުތިމާއީ ދާއިރާ ކުރިއެރުވުމާ ގުޅޭ އެންމެ ފަހުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ކަމާބެހޭ ފަރާތްތަކާއި ތަޖުރިބާކާރުން ބައިވެރިވާނެ އެވެ.