22 ޖުލައި 2024 - 06:29

ކާނާ ވިހަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ބޮލީވުޑްގެ އެކްޓްރެސް ޖާންވީ ކަޕޫރްގެ ހާލު ރަނގަޅުވުމުން އޭނާ ހޮސްޕިޓަލުން ގެއަށް އިއްޔެ ދޫކޮށްލައިފި އެވެ.
ޖާންވީގެ ހާލު ދެރަވެގެން އިންޑިއާގެ މުމްބާއީގައި ހުންނަ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ ބުދަ ދުވަހު އެވެ.
ކާންވީގެ ބައްޕަ ބޯނޭ ކަޕޫރް އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް ނައު" އަށް ބުނީ ޖާންވީގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅު ވެއްޖެ ކަމަށެވެ. އަދި ހޮސްޕިޓަލުން އޭނާއަށް ވަރަށް ރަނގަޅަށް ފަރުވާދިން ކަމަށް ވެސް އޭނާ ބުންޏެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ކާނާ ވިހަވެގެން ޖާންވީ އެޑްމިޓްކޮށްފައި އޮތް އިރު އޭނާ ކައިރީގައި ހޮސްޕިޓަލުގައި ތިބީ ބައްޕަގެ އިތުރުން އޭނާގެ ކޮއްކޮ ހުޝީ ކަޕޫރާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނެ އަޑު ފެތުރިފައިވާ ޝިކާރު ޕަހާރިޔާ އެވެ.
ޖާންވީގެ ފިލްމެއް އެންމެ އަވަހަށް ދެން ނުކުންނާނީ އަންނަ މަހު ދޭއްގަ އެވެ. އެއީ ތުރިލާ ފިލްމެއް ކަމަށްވާ "އުލްޖާ" އެވެ. އެ ފިލްމުގައި ޖާންވީއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ގުލްޝަން ދޭވައިއާ އާއި ރޯޝަން މެތިއު އަދި މެއިޔަން ޗަންގް އެވެ.