21 ޖުލައި 2024 - 14:36

ޓިކްޓޮކް ލައިވެއްގައި ހިނގި ދެބަސްވުމަކާ ގުޅިގެން، ގެއަކަށް ވަދެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޓިކްޓޮކް ލައިވެއްގައި ހިންގި ދެބަސްވުމަކާ ގުޅިގެން، މާފަންނުގެ ގެއަކަށް ހެނދުނު ވަދެ ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
އޭގެ ތަފްސީލެއް ނުލިބެ އެވެ.
ޓިކްޓޮކް ލައިވްއެއްގައި މީގެ ދެ ތިން ދުވަސް ކުރިން ވެސް ދެ އަންހެނަކު ވަނީ ޒުވާބުކޮށްފަ އެވެ.
ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ދެ މީހެއްގެ މެދުގައި ވިލިމާލޭގައި ހިނގި ހަމަނުޖެހުންތަކުގައި، އެތަނުން އެކަކު ވަނީ، ގްރޫޕު ހަދައިގެން ދެން ހުރި އަންހެން މީހާގެ ގެއަށް ގޮސް ޒުވާބުކޮށްފަ އެވެ. އަދި ޓިކްޓޮކް ލައިވްގައި އެކަކު އަނެކަކަށް އެކި ބޮޑެތި ތުހުމަތުތައް ކޮށްފައި ވެ އެވެ.