ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން

ފޮޓޯތަކުން ފެންނަނީ އެފްއޭއެމްގެ ބެލުމުގެ ދަށުގައި ހުރި ދަނޑުތަކުގެ ހާލަތެވެ. ފީފާ އާއި އޭއެފްސީ ޕްރޮޖެކްޓްތަކުގެ އެހީގައި ހެދި މި ދަނޑުތައް އޮތީ ވަރަށް ބޮޑަށް ވީރާނާ ވެފަ އެވެ.

ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން

ފުލް ޕިޗް ދެ ޓަފަށް ވުރެ މިނީ ޓާފް ދަނޑުގެ ހާލަތު އަދި މާ ގޯހެވެ.

ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން

އޭއެފްސީގެ އެހީގައި ހެދި އެ ދަނޑު ހުޅުވިތާ އަދި މިވީ ގާތްގަނޑަކަށް ހަ އަހަރެވެ. އެކަމަކު މިހާރު އެ ދަނޑު އޮތީ ކާރު ޕާކު ކުރާތަނަކަށް ބަދަލުވެފަ އެވެ.

ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން

"ބިކަ ވެފައިވާ އެފްއޭއެމްގެ ފުޓްބޯޅަ ފެސިލިޓީ ވީރާނާވެ ކުނޑި އަށް" ... މި ނަމުގައި އިއްޔެ "މިހާރު" ގެ ފޮޓޯގްރާފަރު ނިޝާން އަލީ (ހަސޯ) ޕޯސްޓް ކުރި އެ ފޮޓޯ އަލްބަމްގެ ފޮޓޯތައް ފުޓްބޯޅައިގެ ބައެއް މީހުން ތިބޭ ވައިބާ ގުރޫޕްތަކާއި ސޯޝަލް މީޑީއާގެ އެހެން ޕޭޖްތަކުގައި ދައުރު ކުރަމުން ދިޔައީ ކަންބޮޑުވުމާ އެކު އެވެ.

ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން

މި ދެ ދަނޑާއި އެތަނުގައި ހުރި ފުޓްބޯޅައިގެ ވަސީލަތްތަކަކީ ހުސްވަގުތުގައި ފުޓްބޯޅަ ކުޅެންދާ މީހުން ބޭނުންކުރާ ތަނެއް ނޫނެވެ. މިއީ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އަރަމުން އަންނަ ޒުވާން ކުޅުންތެރިން ބޭނުންކުރާ ވަސީލަތްތަކެވެ. ރާއްޖޭގެ ރަސްމީ ޑިވިޝަންތަކުގެ ކްލަބްތަކުން ބޭނުން ކުރާ ދަނޑުތަކެކެވެ.

ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން

އެކަމަކު އެ ދަނޑުގެ ވަސީލަތްތައް މިހާރު ހުރީ ބޭނުން ކުރަން އެންމެ އެކަށީގެންވާ ހާލަތެއްގައެއް ނޫނެވެ. ހާއްސަކޮށް ކުޑަކުދިން ވެސް ކުޅެން ބޭނުންކުރާ ތަނެއްގައި ހުންނަން ޖެހޭ ރައްކާތެރިކަމެއް އެ ވިނަގަނޑުގައި ވެސް ނެތެވެ.

ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން

އެފްއޭއެމްގައި ސައްހަ ގޮތުން ހުރި ވެރިޔަކު ވެސް މިހާރަކު ނެތެވެ. ރާއްޖޭގެ ފުޓްބޯޅަ މިއޮތީ ހުއްޓިފަ އެވެ. ފުޓްބޯޅަ ސީޒަން ފަށާނެ ދުވަހެއް ނޭނގެ އެވެ. ޓާފް ދެ ދަނޑުގައި މިހާރު ޕްރެކްޓިސް ކުރަނީ އެއް ވަނަ ޑިވިޝަނުގެ އެކަޑަމީތަކުގެ ކުދިންނެވެ.

ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން

މައްސަލައާ ބެހޭގޮތުން ކުރިން ވާހަކަ ދެއްކި އެކަޑަމީއެއްގެ ކޯޗަކު "މިހާރު" އަށް ބުނީ ހާލަތު ގޯސްކޮށް އޮތީ ދަނޑުގެ ވަށައިގެން އޮތް ކޮމްޕައުންޑް އެކަނި ނޫން ކަމަށެވެ.

ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު "މިހާރު" ގެ ފޮޓޯތަކުން

"ދަނޑުގެ ވިނަގަނޑުގެ ހާލަތު ވެސް އޮތީ ގޯސްކޮށް، ވިނަގަނޑުގައި ވެސް ފުޅީގެ އުނގުރި ފަދަ ތަކެތި ވަރަށް ގިނައިން އެބަހުރި. ބޫޓަށް އަރައިގެން ކުޅުނަސް އެއިން އެއްޗެއްގެ މައްޗަށް އެރިއްޖެއްޔާ މިއިން ކުއްޖެގެ ފަޔަށް ގެއްލުމެއް ވެދާނެކަމުގެ ބިރު އެބައޮތް،" އޭނާ ބުންޏެވެ.

ޓާފް ދެ ދެނޑުގެ ދެމެދުގައި ހަދާފައިވާ އިމާރާތުގައި އައިސްބާތަށް ހާއްސަކޮށް ތަނެއް ހެދުމުގެ މަސައްކަތް ފެށި އެވެ. އެއްކޮށް މަސައްކަތް ނުނިންމަ އެވެ. އެ ވަސީލަތް ބޭނުންކުރަން ވެސް ނުލިބި މިހާރު އޮތީ ވީރާނާ ވެފަ އެވެ.

ޓާފް ދަނޑުގެ ލައިޓްތަކުން އެކަށީގެންވާ އަލިކަމެއް ނުލިބޭތާ އަހަރުތަކެއް ވެއްޖެ އެވެ. ރޭގަނޑު ޕްރެކްޓިސްތައް ކުރިއަށް ގެންދިޔަޔަސް، އެ އައްޔަކީ ކުޅިވަރު ކުޅޭތަނަކަށް އެކަށީގެންވާ އައްޔެއް ނޫންކަން، އެފްއޭއެމްގެ ކުރީގެ ވެރިން ގަބޫލުކުރެއްވި އެވެ. އެ ތަނުގެ ލައިޓިން ސިސްޓަމް މަރާމަތުކުރަން ބަޔަކާ ހަވާލުކުރާނެ ކަމަށް، 2019 ގައި އެފްއޭއެމުން ބުނެފައިވެ އެވެ. ނަމަވެސް އެ ޕްރޮޖެކްޓަށް ވެސް ވީ އެފްއޭއެމުން ރަށްރަށުގައި އަޅަން ބުނި ދަނޑުތަކުގެ ޕްރޮޖެކްޓަށް ވީ ގޮތަށެވެ. ހުސް ވާހަކައަކަށް ވެގެން ދިޔައީ އެވެ.

ރާއްޖޭގެ ރަސްމީ މުބާރާތްތަކުގައި ވާދަކުރާ ކްލަބްތަކުން ބޭނުން ކުރަން އޮތް ދަނޑުތަކުގެ ހާލަތާ ބެހޭގޮތުން ފުޓްބޯޅައިގެ މީހުން ތިބޭ ވައިބާ ގުރޫޕެއްގައި ގޯލްކީޕިން ކޯޗު އަސްލަމް އަބްދުރަހީމް ކަންބޮޑުވުން އޮއްސާލި އެވެ.

"ކުޅިވަރަށް 500 މިލިއަން ހަރަދު ކުރި އިރު މާލޭގައި ފުޓްބޯޅަ ކުޅެން އޮތް ދަނޑުތަކުގެ ހާލަތު މިއޮތީ،" ދަނޑުތަކުގެ ވަށައިގެން ވީރާނާ ވެފައިވާ ތަންތަނުގެ ފޮޓޯތައް ވައިބާ ގުރޫޕަށް ފޮނުވުމަށް ފަހު އަސްލަމް މިދިޔަ މަހު ބުނެފައި ވެއެވެ.

މި މައްސަލަތަކާ ބެހޭގޮތުން ޖަވާބުދާރީވާނެ ވެރިޔަކު ވެސް އެފްއޭއެމްގައި ނެތެވެ. އެކްޓިން ޖެނެރަލް ސެކްރެޓަރީއެއްގެ ގޮތުގައި ހުންނެވި ޖައުޝަން ޝަރީފް ވިދާޅުވަމުން ގެންދަވަނީ ފީފާ އިން އެންގި ކަމެއް އެ އެންގި ގޮތަކަށް މެނުވީ ކުރުމުގެ ހައިސިއްޔަތެއް، ދައުރު ހަމަވީއިރު ވެސް އިންތިހާބެ ނުބޭއްވުނު އެސޯސިއޭޝަންގައި މިހާރު އޭނާ އަށް ނެތް ކަމަށެވެ.