16 ޖުލައި 2024 - 12:33

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް، މަޖީދިއްޔާގެ 100 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކާ އެކު 1،000 ދުވަހުގެ ކައުންޓް ޑައުންއެއް ފަށަން ނިންމައިފި އެވެ.
މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދޭން ފެށީ އޭޕްރީލް 19، 1927 ގަ އެވެ. އެ ސްކޫލަށް 100 އަހަރު ވާނީ އޭޕްރީލް 19، 2027 ގަ އެވެ.
މި ކައުންޓް ޑައުން ފެށުމަށް ނިންމާފައި ވަނީ އަންނަ އަންގާރަ ދުވަހު ކަމަށެވެ.
އެންމެ ފުރަތަމަ ހަރަކާތަކީ "މަޖީދިއްޔާ ދަންމަރު"ގެ ނަމުގައި ބާއްވާ ހާއްސަ މިޔުޒިކް ޝޯއެކެވެ. މިއީ މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ތެރެއިން ސްކޫލް ދުވަސްވަރު އާއި އޭގެ ފަހުން ވެސް މިއުޒިކް ކުޅުނު މީހުން އިސް ނަގައިގެން ބާއްވާ ޝޯ އެކެވެ.
އެ ޝޯ ބާއްވަން ނިންމާފައި ވަނީ އަންނަ ބުދަ ދުވަހުގެ ރޭ 9:00ގައި އެ ސްކޫލުގަ އެވެ.
އެ ޝޯގައި މަޝްހޫރު އެތައް ފަންނާނުންނެއްގެ ހުނަރު ފެންނާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެ އެވެ. އަދި އެ ޝޯ ވާނީ މިޔުޒިކް ކުޅެފައިވާ ގިނަ މީހުން ފުރަތަމަ ފަހަރަށް އެއް ސްޓޭޖަކުން ފެންނާނެ ފަހަރަށް ކަމަށް ވެސް ބުންޏެވެ.
މި ޝޯ ގައި ފެންނާނެ ފަންނާނުންގެ ތެރޭގައި މައިޒާން އަލިމަނިކާއި، އަބްދުއްރަޝީދު (އަބުސީ) އާއި ޕެނަމާ ޝަފީގާއި، ޝައްމޫން ހަމީދު އަދި އަހުމަދު އާތިފް (އެކްސްރޭ އާތިފް) ހިމެނެ އެވެ.
1. 300ރ.
2. 200ރ.
3. 150ރ.
ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ބޭނުން ކުރާނީ މަޖީދިއްޔާގެ 100 އަހަރު ފުރުން ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކަށް ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.