ޔޫރޯގެ ފައިނަލް މެޗު ބަލަން ދިރާގުން ހުޅުމާލޭގައި ބޮޑު ސްކްރީން ބަހައްޓަނީ
ޔޫރޯގެ ފައިނަލް މެޗު ބަލަން ދިރާގުން ހުޅުމާލޭގައި ބޮޑު ސްކްރީން ބަހައްޓަނީ

މިރޭ ކުޅޭ ޔޫރޯގެ ފައިނަލް މެޗު ބަލަން ހުޅުމާލެ ފޭސް 2 ގައި ދިރާގުން ބޮޑު ސްކްރީނު ބަހައްޓައި މެޗު ބެލޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނީ ފުޓުބޯޅަ އަކީ ދިވެހިންގެ މެދުގައި މަގުބޫލު ކުޅިވަރަކަށްވެފައި، ޔޫރޯގައި ދިވެހިންގެ މެދުގައި ބޮޑު ފޯރިއެއް އޮންނާތީ ސްކްރީން ބެހެއްޓުމަށް ނިންމީ ވީހާ ވެސް ގިނަ ބަޔަކަށް އެއް ތަނެއްގައި ތިބެގެން މެޗު ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ. ދިރާގުން ބުނީ މި ސްކްރީން ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ހިޔާ ފްލެޓް ސަރަހައްދުގައި، ހިޔާ ފްލެޓް 1 އާއި ވިނަރެސް ޓަވަރު 1 އާ ދެމެދު އެވެ.

ދިރާގުން ބަހައްޓާ ބޮޑު ސްކްރީން މިރޭ 10 ޖަހާއިރު ލައިވް ވާނެ އެވެ.

ދިރާގުން ބުނީ މިރޭ އޮންނަ މެޗުގައި އެ ކުންފުނިން ކުރިއަށް ގެންދާ "ޖެހީ ލިބުނީ"ގައި ބައިވެރިވާ ކަސްޓަމަރުންނަށް ޖަހާ ކޮންމެ ގޯލަކަށް 1 ޖީބީ ޑޭޓާ ވެސް ލިބޭނެކަން އެ ކުންފުނިން ފާހަގަ ކުރެ އެވެ.

ދިރާގުން "ފުޓުބޯޅަ އީދު"ގެ ނަމުގައި ޔޫރޯއަށް ގިނަ އޮފާތަކެއް ތައާރަފްކުރި އެވެ.

މިރޭ 12 ޖަހާއިރު ކުޅޭ ޔޫރޯގެ ފައިނަލް މެޗުގައި ބައްދަލު ކުރާނީ އިންގްލެންޑާއި ސްޕެއިން އެވެ.