ލޭ ބޭނުންވާ އަދި ލޭ ހަދިޔާކުރާ މީހުން ގުޅުވައިދޭ "ލޭ އެޕް" ލޯންޗުކޮށްފި
ލޭ ބޭނުންވާ އަދި ލޭ ހަދިޔާކުރާ މީހުން ގުޅުވައިދޭ "ލޭ އެޕް" ލޯންޗުކޮށްފި

ލޭ ހަދިޔާކުރަން އަދި ލޭ ބޭނުންވާ މީހުން ގުޅުވާލައިދޭ "ލޭ އެޕް" މިއަދު ލޯންޗުކޮށްފި އެވެ.

ލޭ ބޭނުންވާ އަދި ލޭ ހަދިޔާކުރާ މީހުން ގުޅުވައިދޭ "ލޭ އެޕް" ލޯންޗުކޮށްފި
ލޭ ބޭނުންވާ އަދި ލޭ ހަދިޔާކުރާ މީހުން ގުޅުވައިދޭ "ލޭ އެޕް" ލޯންޗުކޮށްފި

އެޗްއާރުޑީއެންސީ އެލްއެލްޕީން ތައްޔާރުކޮށް، ހެލްތު މިނިސްޓްރީން އެންޑޯޒް ކޮށްފައިވާ މޮބައިލް އެޕް ލޯންޗު ކޮށްދެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.

ލޭ ބޭނުންވާ އަދި ލޭ ހަދިޔާކުރާ މީހުން ގުޅުވައިދޭ "ލޭ އެޕް" ލޯންޗުކޮށްފި
ލޭ ބޭނުންވާ އަދި ލޭ ހަދިޔާކުރާ މީހުން ގުޅުވައިދޭ "ލޭ އެޕް" ލޯންޗުކޮށްފި

އެޕް ލޯންޗުކޮށް ޑޯނަރެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. ނަމަވެސް، ހިދުމަތް ލިބޭނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން އެޕް ސްޓޯރު އަދި ޕްލޭސް ސްޓޯއިން ޑައުންލޯޑު ކުރެވޭނެ އެވެ.،

މިނިސްޓްރީން ބުނީ އެ އެޕްލިކޭޝަނަކީ ލޭ ހަދިޔާ ކުރުމާއި ލެއާ ގުޅުން ހުރި ހިދުމަތްތައް ހަރުދަނާކޮށް ފޯރުކޮށްދިނުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ލޭ ހުރި ވަރާއި ލޭ މެނޭޖު ކުރާ ގޮތް ބަލައި، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ބޭނުންތަކަށް ލޭގެ ސަޕްލައި އެންމެ އެކަށީގެންވާ ކޮލިޓީގައި ބެލެހެއްޓުމަށް މަގުފަހިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ލޭ ހަދިޔާކުރަން ބޭނުންވާ ނަމަ އެ އެޕްގައި ޑޯނަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށް، އެޕޮއިންޓްމަންޓް ތާވަލް ކުރުމާއި ލޭ ހަދިޔާކުރަން ހަނދާން ކޮށްދޭ ފީޗާއެއް އެޕުން ފެންނަން ހުންނާނެ އެވެ. އޭރުން ޑޯނަރުންގެ ބައިވެރިވުން އިތުރުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

އިމަޖެންސީ ހާލަތްތަކުގައި ލޭ ބޭނުންވާ މީހުން ކުރާ ރިކުއެސްޓުތައް ޑޯނަރުންނަށް އަވަހަށް އަދި ރައްކާތެރިކަމާ އެކު އެ އެމް މެދުވެރިކޮށް ފޯރުކޮށްދެވޭނެ އެވެ.

ހެލްތު މިނިސްޓްރީ އަދި މޯލްޑިވިއަން ބްލަޑް ސާވިސަސް ގުޅިގެން ލޭ އެޕް މެދުވެރިކޮށް، ލޭގެ ސްޓޮކް މަދުވާ ހާލަތްތަކުގައި ލޭ އެޕުގައި ރަޖިސްޓަރީ ކޮށްފައިވާ ޑޯނަރުންނަށް ވަގުތުން އެލާޓް ފޮނުވާނެ އެވެ.

އެޗްއާރުޑީއެންސީ އެލްއެލްޕީން ބުނީ ސިއްހީ މާހިރުންގެ ލަފައާ އެކު، ހަދާގައިވާ ލޭ އެޕަކީ މި ހިދުމަތަށް ވަރަށް ބޭނުންތެރި ވަސީލަތަކަށް ވާނެ ކަމަށެވެ.

އޭގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ލޭ މެދުކެނޑުމެއް ނެތި ލިބޭނެ މަގުފަހިވާނެ ކަމަށް ބުންޏެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އަމިއްލަ އިސްނަގައިގެން ލޭ ހަދިޔާކުރި ބައެއް މީހުންނަށް ހަނދާނީ ފިލައެއް މިއަދު ދީފަ އެވެ.

ރާއްޖޭގައި އަމިއްލައަށް އެދިގެން މިދިޔަ އަހަރު 507 މީހުން ލޭ ހަދިޔާކުރި އެވެ. މި އަހަރުގެ މިހާތަނަށް އެ އަދަދު ހުރީ 247 ގަ އެވެ.