11 ޖުލައި 2024 - 13:44

ޓެކްނިކަލް މައްސަލައެއް ދިމާވެ، ބީއެމްއެލް ކާޑުގެ ހިދުމަތަށް ބުރޫ އަރާފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ބީއެމްއެލްއިން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ، ޕޭމަންޓު ގޭޓްވޭއިންނާއި ޕީއޯއެސް މެޝިންތަކާއި އޭޓީއެމްއިން ދޭ ކާޑުގެ ހިދުމަތްތަކަށް ބުރޫއަރާފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ކާޑުގެ ހިދުމަތްތަކަށް ބުރޫ އެރި ނަމަވެސް ބީއެމްއެލްގެ މޮބައިލް އެޕް މެދުވެރިކޮށް ޓްރާންސްފާކޮށް، ފައިސާ ފޮނުވޭނެ އެވެ.