10 ޖުލައި 2024 - 14:33

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)އިން ހިންގާ އެއާޕޯޓުތަކަށް އިމަޖެންސީ ހާލަތްތަކުގައި ބޭނުންވެދާނެ ވަސީލަތްތައް އެމްޕީއެލް މެދުވެރިކޮށް ހޯދަން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެމްޕީއެލްގައި އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އާރުއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އެވެ. އެމްޕީއެލް އިން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް އެވެ.
އާރްއޭސީއެލްއިން ބުނި ގޮތުގައި މިއެއްބަސްވުމުގެ ސަބަބުން، އެ ކުންފުނިން ހިންގަމުން އަންނަ އެއާޕޯޓުތަކަށް އެމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ އޮޕަރޭޝަނަލް ހާލަތަކަށް ގެންނަން ކަނޑާއި އެއްގަމު މަގުން ބޭނުން ކުރަން ޖެހިދާނެ އެކި ކަހަލަ ވަސީލަތްތައް ހޯދުމުގައި އެމްޕީއެލްގެ އެހީތެރިކަން ލިބޭނެ އެވެ.
މި އެއްބަސްވުން އެކުލަވާލީ، އެމަޖެންސީ ހާލަތެއްގައި ވެސް، އާއްމުންނަށް
ފޯރުކޮށްދެމުން އަންނަ ހިދުމަތަށް ބުރޫނާރާ އޮޕަރޭޝަން ކުރިއަށްގެންދެވޭނެ މަގު ފަހި ކުރަން ކަމަށް އާރުއޭސީއެލްއިން ބުންޏެވެ.
އާރުއޭސީއޭލްއިން އިންޓަނޭޝަނަލް އެއާޕޯޓަކާއި ހަ ޑޮމެސްޓިކް އެއާޕޯޓް ހިންގަ އެވެ.