08 ޖުލައި 2024 - 17:44

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ވިޔަފާރިތަކަށް ހާއްސަކޮށް ދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުމުގެ ގޮތުން ވިޔަފާރިތަކަށް ހާއްސަކޮށް އޯޕަން ޑޭއެއް ބޭއްވުމަށް ނިންމައިފި އެވެ.
މި އޯޕަންޑޭ ބާއްވާން ހަމަޖެހިފައި ވަނީ މީރުމާ ހޯލުގައި މި މަހުގެ 18 ވަނަ ދުވަހު ހެނދުނު 9 އިން ހަވީރު 5 އަށެވެ.
އެމްއައިބީން ބުނި ގޮތުގައި މި ހަރަކާތުގައި އެ ބެންކުން ވިޔަފާރިތަކަށް ދޭ ހިދުމަތްތަކާއި ބެންކުގެ އެކި ފެސިލިޓީތަކާއި ގުޅޭ މައުލޫމާތުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ބެންކުން މިހާރު ވަނީ މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ކުންފުނިތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.
އެމްއައިބީގެ ވެބްސައިޓް މެދުވެރިކޮށް، މި ހަރަކާތުގައި ބައިވެރިވާން ރަޖިސްޓްރީވެވޭނެ އެވެ.
އެމްއައިބީން ވަނީ ބޭންކުގެ ހިދުމަތްތަކުގެ މައުލޫމާތުތައް ދީ، ކަސްޓަމަރުންނާ ގުޅުން ބަދަހިކުރުމަށް މިފަދަ ހަރަކާތްތައް މީގެ ކުރިން ވެސް ބާއްވައިފަ އެވެ. އެ ހަރަކާތްތަކަކީ ކަސްޓަމަރުންގެ ހޫނު ތަރުހީބެއް ލިބުނު ހަރަކާތްތަކެއްކަން އެ ބެންކުން ފާހަގަކުރެ އެވެ.