08 ޖުލައި 2024 - 16:33

އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތަށް ހާއްސަ ޕްރޮމޯޝަނެއް ބެންކް އޮފް މޯލްޑިވްސްއިން ފަށައިފި އެވެ.
ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ، މި ޕްރޮމޯޝަންގައި އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހަދާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައި ހަފްތާއަކު 5،000ރ. ގެ ގިފްޓް ކާޑެއް ދޭނެ އެވެ. ޖުމްލަ ފަސް ކަސްޓަމަރަކަށް މި ޕްރޮމޯޝަނުގައި ގިފްޓު ކާޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ފްރޮމޯޝަންގައި ބައިވެރިވެވޭނީ 100 ޑޮލަރަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ޓްރާންސްފާކުރާ ކަސްޓަމަރުންނަށެވެ.
ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕް އިން އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ބޭންކް އެކައުންޓް، ކޭޝް އޭޖަންޓުން އަދި ޑިޖިޓަލް ވޮލެޓްތަކަށް ޔޫއެސް ޑޮލަރު އެކައުންޓާއި ޔޫއެސްޑީ ޕްރީޕެއިޑް ކާޑު މެދުވެރިކޮށް ފައިސާ ފޮނުވޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.