އޮކޯޗާއާ އެކު ލ. އަތޮޅުގައި ބޭއްވި ފަންރަންއަށް ބޮޑު ތަރުހީބެއް
އޮކޯޗާއާ އެކު ލ. އަތޮޅުގައި ބޭއްވި ފަންރަންއަށް ބޮޑު ތަރުހީބެއް

ލ. އަތޮޅުގައި މިދިޔަ ހުކުރުދުވަހު ބޭއްވި އުރީދޫގެ ފަންރަން އަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އޮކޯޗާއާ އެކު ލ. އަތޮޅުގައި ބޭއްވި ފަންރަންއަށް ބޮޑު ތަރުހީބެއް
އޮކޯޗާއާ އެކު ލ. އަތޮޅުގައި ބޭއްވި ފަންރަންއަށް ބޮޑު ތަރުހީބެއް

އުރީދޫގެ ދައުވަތަކަށް ރާއްޖެ އައި ޕީއެސްޖީގެ ކުރީގެ ކުޅުންތެރިޔާ ޖޭޖޭ އޮކޯޗާ މި ދުވުމުގައި ބައިވެރިވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ބައިވެރިވެވަޑައިގަތެވެ.

އުރީދޫން ބުނި ގޮތުގައި މަޖާ މާހައުލެއްގައި ބޭއްވި މި ދުވުމުގައި 2000އެއްހާ ދުވުންތެރިން ބައިވެރިވި އެވެ. އަދި މި ދުވުމަކީ އެންމެ މަޖާ ދުވުމަކަށް ހެދުމަށް ކޮންމެ ކިލޯމީޓަރެއް ނިމުމުން އޮބްސްޓެކަލްސްތަކާއި ކުލަޖެހުމުގެ މަޖާ ހަރަކާތްތައް ކުރިއަށް ދިޔަ އެވެ.

އުރީދޫގެ ފަންރަންއަށް އާއްމުންގެ ފަރާތުން އަބަދުވެސް ބޮޑު ތަރުހީބެއް ލިބެ އެވެ. ގިނަ ބައެއްގެ ބައިވެރިވުން ހިމެނޭހެން، މިއީ ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓުކުރުމަށް އެ ކުންފުނިން ބާއްވާ މަޖާ ދުވުމެކެވެ.