އެކަކު މަދުކޮށް ކުޅުނު އިރު ވެސް އުރުގުއޭ އަށް ގޮތެއް ހަދާނުލެވި ބްރެޒިލް ރަށަށް ދާން ޖެހިއްޖެ
އެކަކު މަދުކޮށް ކުޅުނު އިރު ވެސް އުރުގުއޭ އަށް ގޮތެއް ހަދާނުލެވި ބްރެޒިލް ރަށަށް ދާން ޖެހިއްޖެ

ނެވާޑާ (ޖުލައި 7) - ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލަން ޖެހުނު އުރުގުއޭ އަތުން ޕެނަލްޓީގައި 4-2 އިން ބަލިވެ ބްރެޒިލް ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުން ކަޓައިފި އެވެ.

އެކަކު މަދުކޮށް ކުޅުނު އިރު ވެސް އުރުގުއޭ އަށް ގޮތެއް ހަދާނުލެވި ބްރެޒިލް ރަށަށް ދާން ޖެހިއްޖެ
އެކަކު މަދުކޮށް ކުޅުނު އިރު ވެސް އުރުގުއޭ އަށް ގޮތެއް ހަދާނުލެވި ބްރެޒިލް ރަށަށް ދާން ޖެހިއްޖެ

އެމެރިކާގައި މިހާރު ކުރިއަށްދާ މުބާރާތުގައި މިއަދު ހެނދުނު ބްރެޒިލް އާއި އުރުގުއޭ ބައްދަލުކުރި ކުއާޓާ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެކަކު މަދުކޮށް ކުޅުނު އިރު ވެސް އުރުގުއޭ އަށް ގޮތެއް ހަދާނުލެވި ބްރެޒިލް ރަށަށް ދާން ޖެހިއްޖެ
އެކަކު މަދުކޮށް ކުޅުނު އިރު ވެސް އުރުގުއޭ އަށް ގޮތެއް ހަދާނުލެވި ބްރެޒިލް ރަށަށް ދާން ޖެހިއްޖެ

އުރުގުއޭގެ ކެޕްޓަން ފެޑެރިކޯ ވެލްވާޑޭގެ އިތުރުން، ރޮޑްރިގޯ ބެންޓެންކޫ އަދި ޖިއޯޖިއަން ޑި އަރަސްކޭޓާ ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރި އިރު، ހޯޒޭ މާރިއާ ހިމިނޭޒް ފޮނުވާލި ޕެނަލްޓީ، ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ މަތަކުރި އެވެ.

އެކަކު މަދުކޮށް ކުޅުނު އިރު ވެސް އުރުގުއޭ އަށް ގޮތެއް ހަދާނުލެވި ބްރެޒިލް ރަށަށް ދާން ޖެހިއްޖެ
އެކަކު މަދުކޮށް ކުޅުނު އިރު ވެސް އުރުގުއޭ އަށް ގޮތެއް ހަދާނުލެވި ބްރެޒިލް ރަށަށް ދާން ޖެހިއްޖެ

ނަމަވެސް ފަސްވަނަ އަށް ޕެނަލްޓީ ޖަހަން ދިޔަ މެނުއެލް އުގާޓޭ ބޯޅަ ގޯލަށް ފޮނުވާލައިގެން އުރުގުއޭ އިން ވަނީ ސެމީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފަ އެވެ.

ޕެނަލްޓީގައި ބްރެޒިލަށް ކާމިޔާބު ކުރެވުނީ އަންޑްރެސް ޕެރޭރާ އާއި ގެބްރިއެލް މާޓިނެލީ ފޮނުވާލި ޕެނަލްޓީ އެވެ. އެންމެ ފުރަތަމަ ޕެނަލްޓީ ފޮނުވާލަން ދިޔަ އެޑާ މިލިޓާއޯ ޖެހި ބޯޅަ އުރުގުއޭގެ ކީޕަރު ސާޖިއޯ ރޮޗޭ މަތަކުރިއިރު، މިދިޔަ އާދިއްތަ ދުވަހު ޔުވެންޓަސް އަށް ސޮއިކުރި މިޑްފީލްޑަރު ޑަގްލަސް ލުއިޒް ގެ ޕެނަލްޓީ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

ކުއާޓާ އަށް ނުކުތްއިރު ބްރެޒިލް އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށް ވީ އެންމެ މުހިއްމު ފޯވާޑް ވިނީޝިއުސް ޖޫނިއާ މި މެޗަށް ސަސްޕެންޝަނުގައި ހުރުމެވެ.

އުރުގުއޭ ޓީމުން އެކަކު މަދުވީ، 74 ވަނަ މިނިޓްގައި އެޓީމުގެ ޑިފެންޑަރު ނަހިޓާން ނާންޑޭޒް އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ފަހަތުން އައިސް ރޮޑްރިގޯ އަށް ކުރި ނުރައްކާތެރި ފައުލަށް، ރެފްރީ ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، އެ ނިންމުން ބަދަލުކުރީ ވީއޭއާރު ބެލުމަށް ފަހު އެވެ.

ސެމީ ފައިނަލްގައި އުރުގުއޭ ނުކުންނާނީ، އެންމެ ފަހުން ކުޅުނު 27 މެޗުގައި ވެސް ބަލި ނުވެ، ރެކޯޑް ހެދި ކޮލަމްބިއާއާ ދެކޮޅަށެވެ.

މިއަދު ފަތިހު ކުޅުނު ކުއާޓާގެ މެޗުގައި ކޮލަމްބިއާ ވަނީ 5-0 އިން ޕެނަމާ ބަލިކޮށްފަ އެވެ. އެ ޓީމުގެ ގޯލުތައް ޖަހައިދިނީ ޖޯން ކޯޑޮބާ އާއި ކެޕްޓަން ހަމޭސް ރޮޑްރިގޭޒްގެ އިތުރުން ލުއިސް ޑިއާޒް އާއި ރިޗަޑް ރިއޯސް އަދި މިގޭލް ބޯޔާ އެވެ. ރޮޑްރިގޭޒް އާއި ބޯޔާ ލަނޑު ޖެހީ ޕެނަލްޓީންނެވެ.

- 10 ޖުލައި – ފަތިހު 5:00 : އާޖެންޓީނާ / ކެނެޑާ

- 11 ޖުލައި – ފަތިހު 5:00 : އުރުގުއޭ / ކޮލަމްބިއާ