އިޓަލީގެ އަސްކަރީ ޖެޓުތަކުން ރާއްޖެ މަތިން ތަފާތު ފޮޓޯތަކެއް
އިޓަލީގެ އަސްކަރީ ޖެޓުތަކުން ރާއްޖެ މަތިން ތަފާތު ފޮޓޯތަކެއް

މިދިޔަ އަންގާރަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި އިޓަލީގެ އަސްކަރީ ޖެޓުތައް ޖައްސަން އައި އިރު ރާއްޖެ މަތިން ނަގާފައިވާ ފޮޓޯތަކަކާއި ވީޑިއޯއެއް އެ ގައުމުގެ އެއާފޯސް "އެރޮނޯޓިކާ މިލިޓަރީ" އިން އާންމުކޮށްފި އެވެ.

އިޓަލީގެ އަސްކަރީ ޖެޓުތަކުން ރާއްޖެ މަތިން ތަފާތު ފޮޓޯތަކެއް
އިޓަލީގެ އަސްކަރީ ޖެޓުތަކުން ރާއްޖެ މަތިން ތަފާތު ފޮޓޯތަކެއް

އެ ގައުމުގެ އަސްކަރީ ހަތަރު ފައިޓާ ޖެޓާއި ކާގޯ ބޯޓެއް ރާއްޖެ އައީ އަންގާރަ ދުވަހުގެ މެންދުރުފަހު އެވެ. އެ ބޯޓުތައް ފުރީ މިއަދު މެންދުރު ފަހު އެވެ.

އިޓަލީގެ އަސްކަރީ ޖެޓުތަކުން ރާއްޖެ މަތިން ތަފާތު ފޮޓޯތަކެއް
އިޓަލީގެ އަސްކަރީ ޖެޓުތަކުން ރާއްޖެ މަތިން ތަފާތު ފޮޓޯތަކެއް

"އިންޑިއާ ކަނޑުގައިވާ ސާފު މޫދާއި ދޮންވެލި ގޮނޑުދޮށްތަކެއް ލިބިފައިވާ މި ރަށްތަކުގެ ހިތްގައިމު ދޮރުތައް މި ވަނީ އޮސްޓްރޭލިއާގައި ބާއްވާ އިންޑޯ-ޕެސިފިކްގެ މިލިޓަރީ އެއާފޯސް ޕިޗް ބްލެކް 2024 ގެ ކެމްޕެއިންގެ ދެ ވަނަ ބުރުގައި ބައިވެރިވާ އިޓަލީގެ ފައުޖަށް ހުޅުވާލާފައި،" ފޮޓޯތަކާ އެކު ލިޔެފައިވެ އެވެ.

އިޓަލީގެ އަސްކަރީ ޖެޓުތަކުން ރާއްޖެ މަތިން ތަފާތު ފޮޓޯތަކެއް
އިޓަލީގެ އަސްކަރީ ޖެޓުތަކުން ރާއްޖެ މަތިން ތަފާތު ފޮޓޯތަކެއް

އިޓަލީގެ އެއާފޯސް އިން ނަގާފައިވާ ފޮޓޯތަކުގައި ރާއްޖޭގެ ރަށްތަކުގެ މަތިން ޖެޓްތައް ވަކި ތަރުތީބަކުން އެތުރިލައިގެން ދުއްވާފައި ދަނިކޮށް ނަގާފައިވާ ފޮޓޯތައް ހިމެނެ އެވެ.

އިޓަލީގެ އަސްކަރީ ބޯޓުތައް މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވެ އެވެ. މި ބޯޓުތައް ވީއައިއޭގައި ޓްރާންސިޓް ތެޔޮ އެޅުމާއި ލޮޖިސްޓިކަލް އެކި ބޭނުންތަކަށެވެ.