04 ޖުލައި 2024 - 14:33

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ހަތަރު މީހަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.
މިއަދު މެންދުރުފަހު އަލިފާނުގެ ހާދިސާއެއް ހިނގީ އެލްސިއޯން ބޭކަރީ ކައިރީގައި ހުރި މ. އެންޒިއަންގޭގެ ތިން ވަނަ ފްލޯގައި ކަމަށެވެ.
ފުލުހުން ފުރަތަމަ ބުނީ އެ ހާދިސާގައި ދެ މީހަކަށް އަނިޔާވި ކަމަށާއި އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް ފަހުން އެމްއެންޑީއެފްއިން ބުނިގޮތުގައި އެ ހާދިސާގައި ހަތަރު މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
އެ ގޭގައި ހިފާފައިވާ އަލިފާން މިހާރު ވަނީ ނިއްްވާލައިފަ އެވެ.