އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް އަނެއްކާ ވެސް މުންތަގިމް
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް އަނެއްކާ ވެސް މުންތަގިމް

އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް އަނެއްކާ ވެސް އަހްމަދު މުންތަގިމް އައްޔަން ކޮށްފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް އަނެއްކާ ވެސް މުންތަގިމް
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް އަނެއްކާ ވެސް މުންތަގިމް

އެތުލެޓިކްސްގެ އިދާރީ ހިންގުމުގެ އެންމެ އިސް މަގާމަށް އިންޓަނޭޝަނަލް ޓެކްނިކަލް އޮފިޝަލް މުންތަގިމް، މި އައްޔަން ކުރީ ފަސް ވަނަ ދައުރަކަށެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް ކަމަށް ދާދި ފަހުން އިންތިހާބު ކުރި މުންތަގިމް ފާހަގަ ކުރެވިފައި ވަނީ، ދެކުނު އޭޝިއާގައި ވެސް ހުރި އެންމެ ތަޖުރިބާކާރު އެއް ޓެކްނިކަލް އޮފިޝަލްގެ ގޮތުގަ އެވެ.

ވޯލްޑް އެތުލެޓިކްސްގެ އިންޓަނޭޝަނަލް ރެފްރީކަމުގެ ސަނަދު އޮންނަ މުންތަގިމަކީ އިންޓަނޭޝަނަލް ގޭމްސްތަކާއި މުބާރާތްތަކުގައި ޓެކްނިކަލް އޮފިޝަލްގެ ގޮތުގައި ތަޖުރިބާ ހުރި ބޭފުޅެކެވެ.

ވިއެޓްނާމްގައި 2022 ގައި ބޭއްވި ސައުތު އީސްޓް އޭޝިއަން ގޭމްސް (ސީ ގޭމްސް) އަށް އެ ފެޑެރޭޝަނުން ދެކުނު އޭޝިއާ އިން ނެގި އެތުލެޓިކްސްގެ ދެ އޮފިޝަލުންގެ ތެރެއިން އެކަކީ މުންތަގިމެވެ. އޭނާ ވަނީ ނާޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި އެތުލެޓިކްސް އިން އެންމެ އިސް ޓެކްނިކަލް އޮފިޝަލްގެ މަގާމު ވެސް އަދާކޮށްފަ އެވެ. އަދި ހަމަ އެ އަހަރު ހޮންކޮންގައި ބޭއްވި ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ގިނަ އިވެންޓުތަކެއްގައި ވެސް އެތުލެޓިކްސްގެ ރެފްރީކަން ކޮށްފައިވެ އެވެ.

ސަރަހައްދީ ގޭމްސްތަކުގެ އިތުރުން އިންޓަނޭޝަނަލް އެހެން ގޭމްސްތަކުގައި ވެސް އޭނާ ވަނީ އެތުލެޓިކްސްގެ ޓެކްނިކަލް އޮފިޝަލްކަން ކޮށްފަ އެވެ.

އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ޗެފް ޑެ މިޝަނަރުގެ މަގާމު ވެސް އަދާކުރެއްވީ މުންތަގިމެވެ.