01 ޖުލައި 2024 - 12:48

ތަދުތަކަށް ފަރުވާ ދިނުމުގައި ބޭނުން ކުރާ މިނިމަލީ އިންވޭސިވް ޕްރޮސިޖާއެއް ކަމަށްވާ ރޭޑިއޯ ފްރީކުއެންސީ ޓްރީޓްމަންޓު ޕެއިން ކްލިނިކުގައި ފަށައިފި އެވެ.
ރޭޑިއޯ ފްރީކުއެންސީ ޓްރީޓްމަންޓު ނުވަތަ ރޭޑިއޯ ފްރީކުއެންސީ ތާމޮކޮގިއުލޭޝަން (އާރުއެފްޓީސީ) އަކީ އަލްޓްރާސައުންޑް ބޭނުން ކޮށްގެން، ތަދުގެ ސިގްނަލް ފޮނުވާ ނާރު ދެނެގަނެ, ކައްޓަކުން އެ ނާރުގެ ޓިޝޫތަކަށް ހޫނުކަން ފޯރުވާ, ތަދުގެ ސިގްނަލް ފޮނުވުން ހުއްޓުވުމުގެ ގޮތުން ދޭ ޓްރީޓްމަންޓެކެވެ. މި ޓްރީޓްމަންޓަކީ ބޭހާއި ޓްރެޑިޝަނަލް ފަރުވާތަކުން މެނޭޖުނުކުރެވި ހުންނަ ތަދުތަކާއި އާއްމުކޮށް ގިނަ ދުވަސްވީ ކްރޮނިކް ތަދުތައް މެނޭޖުކުރުމަށް ފަހުގެ ޓެކްނޮލޮޖީއާ އެކު ތައާރަފްކޮށްފައިވާ ޕްރޮސީޖަރެކެވެ.
ޕެއިން ކްލިނިކުން ބުނި ގޮތުގައި މި ޕްރޮސީޖާ އަކީ ސާޖަރީ ހެދުމުގެ ބަދަލުގައި ކުޑަ ކައްޓެއް ބޭނުން ކޮށްގެން ދޭ ފަރުވާއެކެވެ.
އަދި އަލްޓްރާސައުންޑް ބޭނުންކޮށްގެން ތަދާ ގުޅުން ހުރި ވަކި ހާއްސަ ނާރަކަށް ފަރުވާދިނުމުން ރޭޑިއޯ ފްރީކުއެންސީގެ ސަބަބުން އިތުރު ނާރަކަށް ނުވަތަ ޓިޝޫއަކަށް ގެއްލުން ނުވެ ތަދަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް ބުންޏެވެ. މި ޕްރޮސީޖާ އަކީ ގިނަ ޕޭޝަންޓުންނަށް ގިނަ އަހަރުތަކެއް ވަންދެން ތަދަށް ލުއި ލިއްބައިދޭ ޕްރޮސީޖާއެއް ކަމަށާއި އިތުރަށް ތަދު ވާނަމަ މި ޕްރޮސީޖާ އަލުން ހެދޭނެ ކަމަށް ވެސް އެ ކްލިނިކުން ބުންޏެވެ.
މި ޕްރޮސީޖާއިން ތަދު މެނޭޖުކުރެވޭ ޕޭޝަންޓުންނަށް ތަދަށް ދިގު މުއްދަތަކަށް ބޭސްކާން ޖެހުމަށް މެދުކަަނޑާލުމަށް ނުވަތަ ބޭސްކެއުން ހުއްޓުވުމަށް މަގުފަހިވާނެ އެވެ. މި ފަރުވާ އަކީ ގިނަ ފަހަރު ފަރުވާ ދިނުމުގެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އާއްމު ދިރިއުޅުމަށް ރުޖޫއަވެވޭ ފަދަ ފަރުވާއެކެވެ.
މި ޕްރޮސީޖާ ބޭނުން ކޮށްގެން އާތްރައިޓިސް ނުވަތަ ޑިޖެނަރިޓިވް ޑިސްކް ޑިޒީޒްގެ ސަބަބުން ކުރިމަތިވާ ބުރަކަށީގައި ރިއްސުމާއި, ކަނދުރާގައި ރިއްސުމާއި އޮސްޓިއޯއާތްރައިޓިސް ނުވަތަ ސާޖަރީއަކާއި ގުޅިގެން ކަކުލުގައި ރިއްސުމާއި އާތްރައިޓިސްގެ ސަބަބުން ނުވަތަ އޮޕަރޭޝަނެއްގެ ސަބަބުން އުނަގަނޑުގައި ރިއްސުމާއި އާތްރައިޓިސް ފަދަ ހުޅުތަކުގައި ރިއްސާ ބަލިތަކާއި ނާރަށް ގެއްލުންވުމުގެ ސަބަބުން ރިހޭ ރިހުމާއި ކެންސަރު ފަދަ ބަލިތަކުން ތަހައްމަލުކުރަން ޖެހޭ ތަދުތައް މެނޭޖުކުރެވޭނެ އެވެ. އަދި މިއީ އެންޑޯމެޓްރިއޯސިސް ފަދަ ބަލިތަކުން ކުރިމަތިވާ ތަދު މެނޭޖުކުރުމަށް ވެސް ދެވިދާނެ ފަރުވާއެކެވެ.
ތަދުތަކަށް ފަރުވާ ދިނުމަށް ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި ޕެއިން ކްލިނިކުގައި ތަދު މެނޭޖުކުރަން މި ފަދަ އެކި ޓްރީޓްމަންޓުތައް ލިބެން ހުރެ އެވެ. އަދި އެ ކްލިނިކުގައި ތަދުތަކަށް ފަރުވާ ދިނުމުގައި އިންޑިއާގެ މަޝްހޫރު ޑަރާޑިއާ ހޮސްޕިޓަލުގެ ފައުންޑަރު އަދި ޑޮކްޓަރު, ޑރ. ގޯތަމް ދާސް އާއި ޑރ. ސުސްޕާ ދާސް ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި ކޮންސަލްޓް ކުރައްވަ އެވެ. އެ ކްލިނިކުގައި މާދަމާއިން ފެށިގެން ޑރ. ސުސްޕާ ދާސް މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ޕެއިން ކްލިނިކުގައި ކޮންސަލްޓު ކުރާނެ އެވެ. ޑަރާޑިއާ ހޮސްޕިޓަލުގެ އެކި ޑޮކްޓަރުން ކޮންމެ މަހަކު ވެސް ޕެއިން ކްލިނިކުގައި ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައިކޮންސަލްޓުކުރާނެ އެވެ.
އެ ކްލިނިކުގެ ނަމްބަރު 7260892 އަށް ވައިބާ މެދުވެރިކޮށް މެސެޖުކޮށްގެން މިހާރު އެޕޮއިންޓްމަންޓު ހަމަޖެއްސޭނެ އެވެ.
ޕެއިން ކްލިނިކް ހުންނަނީ އަލިކިލޭގެފާނު މަގުގައި ހުންނަ ގ. ހިޔާކުރި، ހަތަރު ވަނަ ފަންގިފިލާގަ އެވެ.