ޗައިނާގެ ގަބުރުސްތާނެއްގެ ތެރޭގައި ބަނދެފައި އިން ކުއްޖަކު ފެނިއްޖެ
ޗައިނާގެ ގަބުރުސްތާނެއްގެ ތެރޭގައި ބަނދެފައި އިން ކުއްޖަކު ފެނިއްޖެ

ޗައިނާގެ ސީޗުއާން ޕްރޮވިންސްގެ ކުޑަ އަވަށެއްގައި އޮންނަ ގަބުރުސްތާނެއްގެ ތެރޭގައި ކުޑަކުއްޖަކު ބަނދެފައި އިންދާ ފެނިއްޖެ އެވެ.

ޗައިނާގެ ގަބުރުސްތާނެއްގެ ތެރޭގައި ބަނދެފައި އިން ކުއްޖަކު ފެނިއްޖެ
ޗައިނާގެ ގަބުރުސްތާނެއްގެ ތެރޭގައި ބަނދެފައި އިން ކުއްޖަކު ފެނިއްޖެ

އިންޑިއާޓައިމްސް އިން ބުނި ގޮތުގައި މި ކުއްޖާ އަކީ ދާދިފަހުން ވަރިވި ދެމަފިރިއަކަށް ލިބިފައިވާ ކުއްޖެކެވެ. އަދި މިކަން ކޮށްފައި ވަނީ ކުއްޖާގެ މަންމަގެ ސަމާލުކަން ހޯދަން ބައްޕަ ކަމަށް ނޫހުގައި ބުނެފައިވެ އެވެ.

ކުއްޖާ ފެނުނީ ކުއްޖެއްގެ ރުއިމުގެ އަޑު ސަރަހަރާ ތެރެއިން އިވިގެން އަވަށު މީހުން ނިކުމެ ބެލުމުންނެވެ. އޮނު ފީންޏެއްގައި އެ ކުއްޖާ ބަނދެފައި އިން އިރު ކުއްޖާގެ ނަން ޖަހާފައިވާ ކަރުދާސްގަނޑެއް ކައިރީގައި ބަހައްޓާފައި ހުއްޓެވެ. މިއީ ވަރަށް ފިނި ގަދަ ތަނަކަށް ވާތީ، ކުއްޖާ ފެނުނު އިރު އިނީ ނޫފައިގެންފަ އެވެ.

ޗައިނާގެ ނޫސްތަކުން ބުނި ގޮތުގައި ޑިއަން ޑިއަން ނަމަކަށް ކިޔާ މި ކުއްޖާ ބަނދެފައި އިނީ ކުއްޖާގެ މާމަގެ މަހާނައާ ޖެހިގެންނެވެ. ކުއްޖާ ފެނުމާ އެކު، ސަލާމަތްކޮށް ފުލުހުންނާ ހަވާލުކުރީ އެވެ.

ކުއްޖާގެ މަންމަ ބުނި ގޮތުގައި ވަރިކޮށްފައި އަލުން ކައިވެނިކުރަން ފިރިހެންމީހާ މަޖްބޫރު ކުރަނީ އެވެ. ކުއްޖާ ބަނދެފައި ދިޔައީ ވެސް އެކަން ކާމިޔާބު ވޭތޯ، ސަމާލުކަން ހޯދަން ކަމަށް އަންހެން މީހާ ބުންޏެވެ.

ކުއްޖާ ބަލަހައްޓަމުން ގެންދިޔައީ އެ ކުއްޖާގެ ބައްޕަ އެވެ. ނަމަވެސް މީގެ ފަހުން ކުއްޖާ ދިރިއުޅޭނީ އޭނާގެ މަންމަ އާއި ދައްތައާ އެކުގަ އެވެ. އެ އަވަށުގެ ފުލުހުން މިހާރު ދަނީ އެ ފިރިހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.