މާލޭގެ ގޯޅިއަކަށް "ފަލަސްތީން ހިނގުން" ކިޔަން ނިންމައިފި
މާލޭގެ ގޯޅިއަކަށް "ފަލަސްތީން ހިނގުން" ކިޔަން ނިންމައިފި

މާލޭގެ ގޯޅިއަކަށް "ފަލަސްތީން ހިނގުން" ކިޔަން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް އޮތް ތާއީދު ހާމަކޮށް ދިނުމަށްޓަކައި މާލޭގެ ކޮންމެވެސް ގޯޅިއަކަށް ފަލަސްތީނުގެ ނަމާ ގުޅުވައިގެން ނަން ދިނުމަށް މިދިޔަ މަސް ތެރޭގައި ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް އާޒިމް އެވެ.

ކައުންސިލުން އޭރު މަޝްވަރާ ކުރީ މާލޭގައި ނަމެއް ނުދީ އޮތް ދެ ގޯޅީގެ ތެރެއިން އެއް ގޯޅިއަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ކިޔުމަށެވެ.

ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ މަގަށް ފަލަސްތީން ހިނގުން ކިޔަން ފާސް ކުރި އެވެ.

މި ހުށަހެޅުން ފާސްވީ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ.