ފަޅަށް ހުރި ސަރުކާރުގެ އިމާރާތްތަކާ އެކު މާލޭގައި 50 ޑްރަގު އައްޑާ އެބަހުރި: އިހްސާން
ފަޅަށް ހުރި ސަރުކާރުގެ އިމާރާތްތަކާ އެކު މާލޭގައި 50 ޑްރަގު އައްޑާ އެބަހުރި: އިހްސާން

ފަޅަށް ހުރި ސަރުކާރުގެ ބައެއް އިމާރާތްތަކާ އެކު މާލޭގައި 50 އަށް ވުރެ ގިނަ ޑްރަގު އައްޑާ ހުރިކަން މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޅަށް ހުރި ސަރުކާރުގެ އިމާރާތްތަކާ އެކު މާލޭގައި 50 ޑްރަގު އައްޑާ އެބަހުރި: އިހްސާން
ފަޅަށް ހުރި ސަރުކާރުގެ އިމާރާތްތަކާ އެކު މާލޭގައި 50 ޑްރަގު އައްޑާ އެބަހުރި: އިހްސާން

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި އިހުސާން ވިދާޅުވީ ޑްރަގް އައްޑާގެ ގޮތުގައި ފާހަގަކުރެވިފައިވާ 50 އަށް ވުރެ ގިނަ ތަންތަން މާލޭގައި އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބައެއް އިމާރާތްތަކާއި އާންމުންގެ އިމާރާތްތައް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޅަށް ހުރި ސަރުކާރުގެ އިމާރާތްތަކާ އެކު މާލޭގައި 50 ޑްރަގު އައްޑާ އެބަހުރި: އިހްސާން
ފަޅަށް ހުރި ސަރުކާރުގެ އިމާރާތްތަކާ އެކު މާލޭގައި 50 ޑްރަގު އައްޑާ އެބަހުރި: އިހްސާން

"މީގެ ތެރޭގައި ގިނައީ ވެކެންޓުކޮށް ހުންނަ ތަންތަން، ފަޅުގެތައް ގޮތުގައި ހުރި ތަންތަން،" މިނިސްޓަރު ވިދާޅުވި އެވެ.

"މި ތަންތަނަށް ވަދެ މި ތަންތަނުގެ ވީޑިއޯތައް ނަގައި އެސެސްމަންޓެއް ހަދާފައި ވަނީ."

އިހުސާން ވިދާޅުވި ގޮތުގައި، އެގޮތަށް އައިޑެންޓިފައި ކުރެވުނު ސަރުކާރުގެ ތިން އިމާރާތެއް ތަޅާލަން މިހާރު ވަނީ ހުއްދަ ލިބިފަ އެވެ. އެ ތަންތަން ތަޅާލުމުގެ މަސައްކަތް ފަށަން ޕަބްލިކް ވޯކްސް މިނިސްޓްރީއާ އެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވާނެ އެވެ.

އަމިއްލަ މީހުންގެ އިމާރާތްތައް ބަންދުކުރަން އެ ތަންތަނުގެ ވެރިންގެ ފަރާތުން ހުއްދަ އަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ދާއިމީ ހައްލަކަށް އަންނާނީ ޑްރަގް ސަޕްލައި ރިޑަކްޝަން އަށް ކުރާ މަސައްކަތް ކުރެވިގެން. އެންމެ ގިނަވެގެން މަހެއްހާ ދުވަސް ތެރޭގައި މަޖިލީހަށް އަޅުގަނޑުމެން [އެ ބިލްތައް] ހުށަހަޅާނަން،" އޭނާ ވިދާޅުވި އެވެ.

އެ ބިލުތައް ފާސްވެއްޖެ ނަމަ، ހަ މަސްދުވަހުގެ ތެރޭގައި މި މައްސަލަ ހައްލުވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ތަންތަން ހުއްޓުވަން ފުލުހުން މީގެ ކުރިން ވެސް ބޮޑެތި އޮޕަރޭޝަންތައް ހިންގާފައިވެ އެވެ. އެ އޮޕަރޭޝަނުގައި ބައެއް ތަންތަން ބަންދުކޮށް، ގިނަ ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް އަދިވެސް އެކަން އެއްކޮށް ނުހުއްޓުވެ އެވެ.