22 ޖޫން 2024 - 22:42

ގދ. ފިޔޯރީގައި އަށް އަހަރުގެ ކުއްޖެއް ގެއްލިގެން މިރޭ ހޯދަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ރަށުން ކުޑަ އަންހެން ކުއްޖެއް ގެއްލިގެން މިރޭ 7:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ ހަވީރު 5:00 ހާއިރު ގެއިން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގެއްލިގެން އުޅޭ ކުއްޖަ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށުގެ އާއްމުން ގުޅިގެން ދަނީ ކުރަމުންނެވެ.