22 ޖޫން 2024 - 18:30

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކާ ހަމައަށް މިރޭ މޫސުން ގޯސްވާނެ ކަމަށެވެ.
އެ ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.
ނަމަވެސް، ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި، މިހާރަށް ވުރެ މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރިއިރު އީދު ޗުއްޓީ ނިންމައި ގިނަ ބަޔަކު ދަނީ އެނބުރި އައުމަށް ދަތުރުކުރަމުންނެވެ.