ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް، ކަނޑުތައް ގަދަވާނެ
ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް، ކަނޑުތައް ގަދަވާނެ

މޫސުން ގޯސްވެ، ހއ. އިން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ އެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ ގުގުރުމާ އެކު ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަަށް ބެލެވޭތީ ކަމަށެވއ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

މެޓުން ބުނި ގޮތުގައި ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ އެވެ.

މެޓުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ކ. ގާފަރަށެވެ. އެ ރަށަށް 67.7 މިލިލީޓަރުގެ ވާރޭވެހުނެވެ. ބ. ގޮއިދޫއަށް 61.2 މިލިމީޓަރުގެ ވާރޭވެހުނެވެ. އަދި 20.5 މިލިލީޓަރުގެ ވާރޭއާ އެކު ތިން ވަނައަށް އެންމެ ބޯކޮށް ވާރޭވެހިގެން ރިކޯޑު ކުރެވިފައި ވަނީ ބ. ދަރަވަންދޫއަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރިއިރު އީދު ޗުއްޓީ ނިންމައި ގިނަ ބަޔަކު ދަނީ ރަށްރަށަށް ދަތުރުކުރަމުންނެވެ.