20 ޖޫން 2024 - 14:59

މޯލްޑިވްސް ފުޑް ކާނިވަލް 'ޕަވަޑް ބައި ދިރާގު' ގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން އަންނަ މަހުގެ 3 އިން 7 ގެ ނިޔަލަށް އެ ހަރަކާތް ބާއްވާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
އެ ހަރަކާތުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުން ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތައް ދައްކުވައި ދޭނެ އެވެ. ކާބޯތަކެތީގެ އިތުރުން މޯލްޑިވްސް ފުޑް ކާނިވަލްގައި ތަފާތު ގޭމްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ އެވެ.
މި އަހަރު ބާއްވަނީ އެ ކާނިވަލްގެ ދެ ވަނަ އެޑިޝަނެވެ.
ދިރާގުގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވީ، ކާނިވަލްގައި ދިވެހި އަދި ބައިނަލްއަގްވާމީ ތަފާތު ކާބޯތަކެތީގެ އިތުރުން އާޓްސް އެންޑް ކްރާފްޓް، ކުޅިވަރު އަދި މުނިފޫހިފިލުވުގެ ތަފާތު ސްޓޯލްތައް ހިމެނޭނެ ކަމަށެވެ. މިއީ އާއިލާ އާއި ރައްޓެހިންނާ އެކު، ތަފާރު ތަޖުރިބާއެއް ކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.