18 ޖޫން 2024 - 17:12

ހަ ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން 10،000 އަށް ވުރެން ގިނަ މެންބަރުން ތިބޭ ޕާޓީތަކަށް މެންބަރުންގެ އަދަދުގެ ނިސްބަތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ޖެހެ އެވެ. މި ވަގުތު އެ އަދަދު ހަމަވާ އޮތީ ހަ ސިޔާސީ ޕާޓީއެކެވެ.
އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި މިދިޔަ މެއި މަހުގެ ނިޔަލަށް ޕާޓީތަކަށް އެ ފައިސާ ވަނީ ދޫކޮށް ނިމިފަ އެވެ. އޭގެ ތެެރޭގައި ސަރުކާރު ހިންގާ ޕީއެންސީ ވެސް ހިމެނެ އެވެ. ޕީއެންސީއަށް ދޫކޮށްފައިވަނީ 8 މިލިއަން ރުފިޔާ އެވެ.
އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއަށެވެ. އެ ޕާޓީއަށް 15.1 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
މީގެއިތުރުން ދެން ފައިސާ ދޫކޮށްފައިވަނީ:
- ޕީޕީއެމް: 10.4 މިލިއަން ރުފިޔާ
- ޖުމްހޫރީ ޕާޓީ: 5.3 މިލިއަން ރުފިޔާ
- އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ
- އެމްޑީއޭ: 2.4 މިލިއަން ރުފިޔާ