ދިރާގުން ދޭ ޓެސްލާ ކާރުގެ ނަސީބުވެރިޔާ ހޮވައިފި
ދިރާގުން ދޭ ޓެސްލާ ކާރުގެ ނަސީބުވެރިޔާ ހޮވައިފި

ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަނުން ކާރު ކާމިޔާބު ކުރި ނަސީބުވެރިޔާ މިރޭ ހޮވައިފި އެވެ.

ޓެސްލާ ކާރު ލިބުނު ނަސީބުވެރިޔާގެ ގުރުއަތު ނެގީ ހުޅުމާލޭގައި ބޭއްވި ދިރާގު މިއުޒިކް ޝޯގަ އެވެ. މި ކާރުގެ ނަސީބުވެރިޔަކަށް ހޮވުނީ ކ. ތުލުސްދޫގެ މީހެއް ކަމަށްވާ މުސްތަފާ މުހައްމަދެވެ.

ދިރާގުން "ވިން އަ ޓެސްލާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަކީ މި ދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ޕްރޮމޯޝަނެކެވެ.

މިއީ މިހާތަނަށް އެންމެ ގިނަ ކަސްޓަމަރުންގެ ތަރުހީބު ލިބުނު، އެންމެ ބޮޑު އެއް ޕްރޮމޯޝަނެވެ. މި ޕްރޮމޯޝަނުގައި ދިރާގުން ދެނީ ޓެސްލާ މޮޑެލް 3ގެ ހުދު ކާރެކެވެ.