ޕޮލެންޑްގެ ހިތް ކުދިކުދި ކޮށްލައި ފަހު ވަގުތު ނެދަލެންޑްސް މޮޅު ކޮށްދިނީ ވެހޯސްޓް
ޕޮލެންޑްގެ ހިތް ކުދިކުދި ކޮށްލައި ފަހު ވަގުތު ނެދަލެންޑްސް މޮޅު ކޮށްދިނީ ވެހޯސްޓް

ހެމްބާގް (ޖޫން 16) - ނެދަލެންޑްސްގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު ވަގުތު ކުޅެން އަރައި ވައުޓް ވެހޯސްޓް ޖަހައިދިން ގޯލުން 2-1 އިން ޕޮލެންޑް ބަލިކޮށްފި އެވެ.

ޕޮލެންޑްގެ ހިތް ކުދިކުދި ކޮށްލައި ފަހު ވަގުތު ނެދަލެންޑްސް މޮޅު ކޮށްދިނީ ވެހޯސްޓް
ޕޮލެންޑްގެ ހިތް ކުދިކުދި ކޮށްލައި ފަހު ވަގުތު ނެދަލެންޑްސް މޮޅު ކޮށްދިނީ ވެހޯސްޓް

ވެހޯސްޓަކީ 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އެ ފަހަރު ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ކޮޅަށް ދެ ގޯލު ޖަހައި އެޓީމު ހާސް ކޮށްލި ކުޅުންތެރިޔާ އެވެ.

އެ މެޗުގައި ޓީމު މޮޅުކޮށް ނުދެވުނު ނަމަވެސް އޭނާގެ ގޯލުން މިއަހަރުގެ ޔޫރޯ މުބާރާތުގައި ނެދަލެންޑްސް ކުޅުނު ފުރަތަމަ މެޗު މިވަނީ ކާމިޔާބު ކޮށްފަ އެވެ. ނޭތަން އަކީ ދިން ޕާހަކުން 83 ވަނަ މިނިޓުގައި ވެހޯސްޓް ގޯލު ޖެހީ ކުޅެން އެރިތާ ދެ މިނިޓު ތެރޭގައި ފައިގައި ޖެހުނު ފުރަތަމަ ބޯޅައިންނެވެ.

މެޗުގެ 16 ވަނަ މިނިޓުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ޕޮލެންޑުންނެވެ. ޕިއޮޓްރެ ޒިއެލެންސްކީ ނެގި ކޯނަރަކުން އެޓީމަށް ގޯލު ޖަހައިދިނީ އެޑަމް ބުސްކާ އެވެ. ނަމަވެސް އޭގެ 15 މިނިޓު ފަހުން ކޯޑީ ގަކްޕޯ ވަނީ ނެދަލެންޑްސް އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޕޮލެންޑުން އަލުން ލީޑު ނަގަން ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ގޯލެއް ނުޖެހުނެވެ.

ޕޮލެންޑުގެ ކެޕްޓަން އަދި އެންމެ ނުރައްކާތެރި ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަށް އަނިޔާ ވެގެން އޭނާ މިއަދުގެ މެޗުގައި އިނީ ބެންޗުގައި ކުޅިބަލާށެވެ.