12 ޖޫން 2016 - 17:18

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް މިއަދު މަގާމުން ވަކިކޮށްފި އެވެ.
މި ދެ ބޭފުޅުންގެ އިތުުރުން އެމްޓީސީސީގެ ބޯޑުން ސިނާން އަލީ ވެސް ވަނީ ވަކިކޮށްފަ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި މި ވަނީ މި ބޭފުޅުން މަގާމުން ވަކިކޮށްފައި ވަނީ މިއަދުން ފެށިގެން ކަމަށެވެ.
ނަޒީމް މަގާމުން ވަކިކުރައްވާފައި ވާއިރު ކޮރަޕްޝަންގެ ބޮޑު މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފޮނުވައިފަ އެވެ.