"މިހާރު" ޔޫރޯ 2024 މެގަޒިން ނެރެފި
"މިހާރު" ޔޫރޯ 2024 މެގަޒިން ނެރެފި

ޔޫރޯ އަށް ހާއްސަކޮށް "މިހާރު" އިން ޔޫރޯ މެގަޒިން ނެރެފި އެވެ.

"މިހާރު" ޔޫރޯ 2024 މެގަޒިން ނެރެފި
"މިހާރު" ޔޫރޯ 2024 މެގަޒިން ނެރެފި

އެ ފޮތް ނެރެދިނީ ސޮނީ ސްޕޯޓްސްގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އެންޖެލާ މަރީ ފްރެންސިސްކޯ އާއި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އެވެ. ފޮތް ނެރުމުގެ ރަސްމިއްޔާތުގައި "މިހާރު"ގެ ޔޫރޯ ވެބް އެޑިޝަނާއި ސްކޯ ޗާޓު ވެސް ވަނީ ލޯންޗުކޮށްފަ އެވެ.

"މިހާރު" ޔޫރޯ 2024 މެގަޒިން ނެރެފި
"މިހާރު" ޔޫރޯ 2024 މެގަޒިން ނެރެފި

ޔޫރޯ މެގަޒިނަކީ ޔޫރޯގެ ތާރީހީ މައުލޫމާތުތަކާއި މި އަހަރު ކުޅޭ ޓީމުތަކާއި ޓީމުތަކުގެ ކުޅުންތެރިންގެ މައުލޫމާތުތައް ހިމެނޭ މެގަޒިންއެކެވެ. މިހާރުގެ ޔޫރޯ ވެބްއެޑިޝަން އަކީ ޔޫރޯގެ އެންމެ ފަހުގެ މައުލޫމާތުތައް ކިޔުންތެރިންނަށް ގެނެސްދިނުމަށް "މިހާރު"ގެ ވެބްސައިޓުގައި ހަދާފައިވާ ހާއްސަ ވެބް ޕޭޖެކެވެ.

"މިހާރު" އިން ޔޫރޯ އަށް ހާއްސަކޮށް ސްކޯ ޕްރިޑިކްޝަން ޕްލެޓްފޯމެއް ވެސް ވަނީ ހަދައިފަ އެވެ. އެއީ އެކި ކުންފުނިތަކުގެ ގުރޫޕުތައް ހިމެނޭ، ގިނަ އިނާމުތަކެއް ހުށަހަޅާފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުން އާއްމުންނަށް އަމިއްލަ ޕްރައިވެޓް ގްރޫޕުތައް ވެސް ހެދޭނެ އެވެ.