އީދަށް ޓެކްސީތަކުން ހިލޭ ވައިފައި ލިބޭ ދިރާގު ޕްރޮމޯޝަނެއް
އީދަށް ޓެކްސީތަކުން ހިލޭ ވައިފައި ލިބޭ ދިރާގު ޕްރޮމޯޝަނެއް

ޓެކްސީތަކުން ދަތުރުކުރާ އިރު ފަސިންޖަރުންނަށް ހަލުވި ސްޕީޑްގެ އިންޓަނެޓް ކަނެކްޓިވިޓީ ލިބޭނެ ގޮތް ހަދައިދިނުމުގެ ގޮތުން ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ލޯންޗުކޮށްފި އެވެ.

އީދަށް ހާއްސަކޮށް ދިރާގުން ލޯންޗުކުރި މި ޕްރޮމޯޝަނުގައި ޓެކްސީ ޑްރައިވަރުންނަށް ހިލޭ މައިފައި ޑިވައިސްއަކާ އެކު މުޅިން ހިލޭ 10ޖީބީ ޑޭޓާ ލިބޭނެ އެވެ. އަދި މި މައިފައި ޑިވައިސް އިން ޓެކްސީ ޑްރައިވަރުންނަށް ދަތުރު ކުރާ ފަރާތްތަކަށް ފަސޭހަކަމާ އެކު އިންޓަނެޓް ފޯރުކޮށްދެވޭނެ އެވެ.

ދިރާގުން ބުނީ މާލެ ސަރަހައްދުގައި ތައާރަފްކުރި މި ހާއްސަ ޕްރޮމޯޝަނާ އެކު ޓެކްސީ ޑްރައިވަރުންގެ އިތުރުން ފަސިންޖަރުންނަށް ވެސް އިތުރު ލުއިފަސޭހަކަމާއި އަވަސް މުއާމަލާތްތައް ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަން މުއްދަތުގައި ޓެކްސީ ޑްރައިވަރުން އެ ފަރާތްތަކުގެ ޓެކްސީ ކާޑު ހިފައިގެން މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ ދިރާގު ކަސްޓަމާ ސާވިސް ސެންޓަރަށް ދިޔުމުން ހިލޭ މައިފައި ޑިވައިސް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ. ޕްރޮމޯޝަނުގައި ފުރަތަމަ އަންނަ ކަސްޓަމަރުންނަށް އިސްކަން ދޭނެ ކަމަށް ދިރާގުން ބުންޏެވެ.