9 ދިރާސާއެއް ހަދަން ވިލާ ކޮލެޖުން ގްރާންޓް ދީފި
9 ދިރާސާއެއް ހަދަން ވިލާ ކޮލެޖުން ގްރާންޓް ދީފި

މި އަހަރުގެ ފެބްރުއަރީ މަހު ވިލާ ކޮލެޖުން ހުޅުވާލި ރިސާޗް ގްރާންޓަށް ހުށަހެޅި 10 ޕްރޮޕޯޒަލްގެ ތެރެއިން 9 ޕްރޮޕޯޒަލެއްގެ ރިސާޗު ހެދުމަށް ގްރާންޓު ދީފި އެވެ.

9 ދިރާސާއެއް ހަދަން ވިލާ ކޮލެޖުން ގްރާންޓް ދީފި
9 ދިރާސާއެއް ހަދަން ވިލާ ކޮލެޖުން ގްރާންޓް ދީފި

ވިލާ ކޮލެޖުން ރިސާޗް ގްރާންޓު ލިބުނު މީހުން އިއުލާނުކުރީ އެ ކޮލެޖުގައި ދިރާސާކުރުމުގެ ދާއިރާއަށް ހާއްސަކޮށް ބޭއްވި އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރުއައި) ކޮންފަރެންސްގެ ނިމުމުގެ ރަސްމިއްޔާތުގަ އެވެ. ގްރާންޓު ދީފައި ވަނީ ސިއްހީ ދާއިރާ އާއި ތިމާވެށި ހިމާޔަތްކުރުމާއި ތައުލީމީ ދާއިރާއިން ދިރާސާކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތަކަށެވެ.

9 ދިރާސާއެއް ހަދަން ވިލާ ކޮލެޖުން ގްރާންޓް ދީފި
9 ދިރާސާއެއް ހަދަން ވިލާ ކޮލެޖުން ގްރާންޓް ދީފި

އައިސީއެސްއާރުއައި ކޮންފަރެންސް ނިމުމުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަ ޑރ. އަލީ ނަޖީބު ވިދާޅުވީ އެ ކޮންފަރެންސަކީ ގިނަ ދިރާސާވެރިންނަށް ރިސާޗް ޕްރޮޖެކްޓްތަކުގައި ކުރަމުން އަންނަ މަސައްކަތްތައް ދައްކާލުމަށް އެ ކޮލެޖުން ދޭ ފުރުސަތެއް ކަމަށެވެ. އަދި މިދިޔަ 4 އަހަރެކޭ އެއްގޮތަށް މި އަހަރުގެ ކޮންފަރެންސް ވެސް ބިނާވެފައިވަނީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

9 ދިރާސާއެއް ހަދަން ވިލާ ކޮލެޖުން ގްރާންޓް ދީފި
9 ދިރާސާއެއް ހަދަން ވިލާ ކޮލެޖުން ގްރާންޓް ދީފި

ޑރ. ނަޖީބް ވަނީ ރިސާޗް އައުޓްޕުޓް ޓާގެޓް ޑިސެމިނޭޝަންގެ މުހިންމުކަން ފާހަގަކުރައްވައި، ރިސާޗް ޕޭޕަރުތައް ޕޮލިސީ ބްރީފްތަކަށް ބަދަލުކޮށް، ސިޔާސީ ބޭފުޅުނާ ހިސާބަށް ގެންދިއުން މުހިންމުކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމަކީ އާންމުން ބޭނުންވާ ގޮތް ސިޔާސީ ބޭފުޅުން ނިންމުމުގެ ބަދަލުގައި، އެ ކަންކަން ދައްކުވައިދޭ ތަރައްގީގެ ޕްލޭންތައް އެކުލަވާލަވާލައި ސިޔާސަތު ކަނޑައެޅުމުގައި އެހީވެދޭނެ ދިރާސާތަކެކެވެ.

އައިސީއެސްއާރުއައި ކޮންފަރެންސް ނިމުމުގެ ރަސްމިއްޔާތުގައި އެ ކޮންފަރެންސަށް ހުށަހެޅި ރިސާޗް ޕޭޕަރުތަކުގެ ތެރެއިން އެންމެ މޮޅު ޕޭޕަރު އަދި އެންމެ މޮޅު ޕްރެޒެންޓަރު އެވޯޑް ވަނީ ދީފަ އެވެ. އެންމެ މޮޅު ޕްރެޒެންޓަރު އެވޯޑް ދީފައިވަނީ 2 ކެޓަގަރީ އަކަށް ބަހާލައިގެން ނެވެ.

މި ކޮންފަރެންސްގެ އެންމެ މޮޅު ރިސާޗް ޕޭޕަރުގެ އެވޯޑު ކާމިޔާބު ކުރީ މަރިޔަމް ނުހާ އާއި ޑރ.އައިޝަތު ޝަނޫރާ ގެ ޕޭޕަރު "އިފެކްޓްސް އޮފް އެންކަރޭޖްމަންޓް އޮން ކޮގްނިޓިވް ޕާފޯމަންސް އޮފް އެން އެބްސްޓްރެކްޓް ރީޒަނިން ޓާސްކް" އެވެ.

އެންމެ މޮޅު ޕްރެޒެންޓަރުގެ އެވޯޑު ކެރިއާ ރިސާޗާ ކެޓަގަރީން ކާމިޔާބު ކުރީ އެސޯސިއޭޓް ޕްރޮފެސަރު އިސްމާއިލް ނިޒާމް އާއި ޑރ އަހުމަދު ޝާހިދާއި އެސިސްޓެންޓް ޕްރޮފެސަރު ޑަމިތު ގަންގޯޑަވިލާގޭ އެވެ. އަދި އެންމެ މޮޅު ޕްރެޒެންޓަރު، ނޮވިސް ކެޓަގަރީން އެވޯޑު ކާމިޔާބު ކުރީ ބަތޫލް ޒާހޫ، ފަތުމަތު ލަމްޔާ އިމްތިޔާޒް އަދި ލިއާނިޝާ އެސްއާރް އެވެ.

ވިލާ ކޮލެޖުން ކޮންމެ އަހަރަކު ވެސް ބާއްވާ މި ކޮންފަރެންސް މި އަހަރު ބޭއްވީ މި މަހުގެ 8 އިން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އަހަރުގެ ކޮންފަރެންސްގެ ތީމަކީ "އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިން ދަ ޕާތު އަހެޑް" އެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި މި އަހަރުގެ ކޮންފަރެންސަށް 53 އަށްވުރެ ގިނަ އެބްސްޓްރެކްޓް ހުށަހެޅި އެވެ. އޭގެ ތެރޭގައި، ބައިނަލްއަގުވާމީ ބައިވެރިންނާއި ދިވެހި ދަރިވަރުންނާއި ރިސާޗަރުން ހިމެނެ އެވެ.

މި ކޮންފަރެންސްގައި ތަފާތު 8 ދާއިރާއަކުން ޕޭޕަރު ހުށަހެޅި އެވެ. މި ކޮންފަރެންސްގައި މި ކޮންފަރެންސްގައި 4 ކީނޯޓް ސްޕީޗާއި 5 ޕެނަލް ޑިސްކަޝަން ވެސް ކުރިއަށް ގެންދިޔަ އެވެ.