"ނަޗް ބަލިޔޭ 8"ގައި ޖަޖަކަށް ސޮނާކްޝީ ސިންހާ
"ނަޗް ބަލިޔޭ 8"ގައި ޖަޖަކަށް ސޮނާކްޝީ ސިންހާ

ސްޓާ ޕްލަސް އިން ދައްކާ ޑާންސް ރިއަލިޓީ ޝޯ "ނަޗް ބަލިޔޭ 8" ވަރަށް އަވަހަށް ފަށަން ހަމަޖެހިފައި ވާއިރު ޝޯގެ ޖަޖުން މިހާރު ވަނީ ފައިނަލް ވެފަ އެވެ. މިފަހަރުގެ ސީޒަންގެ ޖަޖުންނަކީ ކޯރިއޮގްރާފާ ސަރޯޖް ޚާން އާއި ޓެރެންސް ލުއިސް އަދި ފިލްމީ ބަތަލާ ސޮނާކްޝީ ސިންހާ އެވެ. މިއީ ރިއަލިޓީ ޝޯއެއްގެ ޖަޖުކަން ސޮނާކްޝީ ކުރާ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު ސޮނީގެ އިންޑިއަން އައިޑަލް ޖޫނިއާގެ ފަނޑިޔާރުކަން އޭނާ ކުރި އެވެ.

"ނަޗް ބަލިޔޭ 8"ގައި ޖަޖަކަށް ސޮނާކްޝީ ސިންހާ
"ނަޗް ބަލިޔޭ 8"ގައި ޖަޖަކަށް ސޮނާކްޝީ ސިންހާ

ސަރޯޖް ޚާން އަކީ "ނަޗް ބަލިޔޭ"ގެ ފުރަތަމަ ސީޒަން އާއި ދެ ވަނަ ސީޒަންގައި ފަނޑިޔާރުކަން ކުރި މީހެކެވެ. އޭގެ ފަހުން ތިން ވަނަ ސީޒަންގައި ސަރޯޖްގެ ބަދަލުގައި ފަނޑިޔާރުކަން ކުރީ ކޯރިއޮގްރާފާ ވައިބަވީ މާޗެންޓް އެވެ. އަދި އޭގެ ފަހުން ޓެރެންސް ލުވިސް އާއި މަރްޒީ ޕެސްޓޯންޖީ ވެސް ޖެހިގެންއައި ސީޒަންތަކުގައި ފަނޑިޔާރުކަން ކުރި އެވެ.

"ނަޗް ބަލިޔޭ 8"ގައި ޖަޖަކަށް ސޮނާކްޝީ ސިންހާ
"ނަޗް ބަލިޔޭ 8"ގައި ޖަޖަކަށް ސޮނާކްޝީ ސިންހާ

ސަރޯޖް މި ޝޯގައި ބައިވެރިވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތާ ދުރުގައި ހުރުމަށް ފަހުގަ އެވެ.

"ނަޗް ބަލިޔޭ 8"ގައި ޖަޖަކަށް ސޮނާކްޝީ ސިންހާ
"ނަޗް ބަލިޔޭ 8"ގައި ޖަޖަކަށް ސޮނާކްޝީ ސިންހާ

މާޗް 2017 ގައި ދައްކަން ފަށާ މި ޝޯގެ ހޯސްޓަކީ ކަރަން ސިންގް ގްރޯވަރު އެވެ. ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ކަރަން ޝޯ ހޯސްޓްކުރާތީ އޭނާގެ އަންހެނުން ބިޕާޝާ ބާސޫ ވެސް ފުރަތަމަ އެޕިސޯޑްގައި ކަރަންއާ އެކު ހޯސްޓްކުރުމުގައި ބައިވެރިވާނެ އެވެ.

މިއީ ސެލެބްރިޓީންގެ ޖޯޑުތައް ބައިވެރިވާ ނެށުމުގެ މުބާރާތަކަށް ވާތީ ކޮންމެ ސީޒަނެއްގައި ވެސް އެއިރެއްގެ އެންމެ މަގުބޫލު ދެމަފިރިންގެ ޖޯޑުތައް ނުވަތަ ރައްޓެހިވެގެން އުޅޭ ޖޯޑުތައް މި ޝޯގައި އަންނަނީ ބައިވެރިވަމުންނެވެ.

ޝޯގައި ވާދަކުރާ 11 ބައިވެރިއަކު މިހާތަނަށް ވަނީ ފައިނަލް ވެފަ އެވެ. އަދި ބައެއް ބައިވެރިން ވައިލްޑް ކާޑް އެންޓްރީޒްގެ ގޮތުގައި ތަންކޮޅެއް ފަހުން ބައިވެރިވާން ވަނީ ހަމަޖެހިފަ އެވެ.

މިފަހަރުގެ "ނަޗް ބަލިޔޭ"ގެ އެންމެ ޝައުގުވެރި އެއް ޖޯޑަކީ "ޔޭ ހޭ މުހައްބަތޭން"ގެ ބަތަލާ ދިވްޔަންކާ ޓްރިޕާތީ އާއި އޭނާގެ ފިރިމީހާ އަދި ޓީވީ އެކްޓަރު ވިވެކް ދާހިޔާގެ ޖޯޑެވެ. ވިވެކް ވަނީ "ޔޭ ހޭ މުހައްބަތޭން"ގައި އިނިސްޕެކްޓަރެއްގެ ރޯލު އަދާކޮށްފަ އެވެ. ދިވްޔަންކާ އާއި ވިވެކް ބައްދަލުވީ މި ޝޯގެ ޝޫޓިންގެ ތެރެއިންނެވެ. އަދި އިސާހިތަކު ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދި ކައިވެނި ކުރީ އެވެ.

ޝޯގައި ބައިވެރިވާ އަނެއް ޖޯޑަކީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ"ގެ ސެޓުން ބައްދަލުވެ ލޯބީގެ ގުޅުން އުފެދުނު ރޯހަން މެހެރާ އާއި ކާންޗީ ސިންގް އެވެ. މި ސިލްސިލާގައި ރޯހަން އާއި ކާންޗީ ކުޅެފައިވަނީ ދެބެންގެދެދަރި ދެބެންގެ ރޯލު ނަމަވެސް ހަގީގަތުގައި މިއީ މިހާރު ދެ ލޯބިވެރިންނެވެ. ރޯހަން އެ ސިލްސިލާއިން ވަކިވީ "ބިގް ބޮސް 10"ގައި ބައިވެރިވުމަށެވެ.

ދާދިފަހުން ނިމުނު ރިއަލިޓީ ޝޯ "ބިގް ބޮސް 10"ގެ ދެ ބައިވެރިން ކަމަށްވާ މޯނާލިސާ އާއި ވިކްރާންތު ސިންގް ރާޖްޕޫތު ވެސް މިހާރު އަންނަނީ "ނަޗް ބަލިޔޭ"ގައި ބައިވެރިވުމަށްޓަކައި ނަށަން ދަސް ކުރަމުންނެވެ. މި ދެ މީހުން ކައިވެނިކޮށްފައި ވަނީ "ބިގް ބޮސް"ގެ ގޭގައި އެތައް މިލިއަން ބަޔަކު ޓީވީން ބަލަން ތިއްބަ އެވެ. ނަމަވެސް އެ ޝޯގައި މި މީހުން ބައިވެރިވި އިރު ވެސް ރައްޓެހިވެގެން އުޅޭތާ އަށް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

"ޖަލަކް ދިކްލާޖާ"ފަދަ ޑާންސް ރިއަލިޓީ ޝޯތަކުގައި ސެލެބްރިޓީންނަށް ނަށަން ދަސްކޮށްދީ އެމީހުންނާ އެކު ނަށާފައިވާ ސަނަމް ޗައުދަރީ އާއި އޭނާގެ ލޯބިވެރިޔާ އަދި ޓީވީ ބަތަލާ އަބިގެއިލް ޕާންޑޭ ވެސް މިފަހަރުގެ ޝޯއިން ފެންނާނެ އެވެ.

"ޕަރްދޭސް މޭ ހޭ މޭރާ ދިލް"ގެ ބަތަލާ ދްރަޝްތީ ދާމީ އާއި ފިރިމީހާ ނީރަޖް ކޭމްކާ ވެސް "ނަޗް ބަލިޔޭ"ގެ މި ސީޒަންގައި ބައިވެރިވެ އެވެ. ދްރަޝްތީ ވަނީ "ޖަލަކް ދިކްލާ ޖާ" ގެ ސީޒަނެއްގެ ވެސް އެއްވަނަ ހޯދާފަ އެވެ. އަދި ހަމަ ދްރަޝްތީ އާއި "ޕަރްދޭސް މޭ ހޭ މޭރާ ދީލް"ގައި ބަތަލުގެ ބައި ކުޅޭ އަރްޖުން ބިޖިލާނީ ވެސް އޭނާގެ އަންހެނުން ނެހާ ސްވާމީއާ އެކު މި ޝޯގައި ބައިވެރިވެ އެވެ.

މީގެ އިތުރުން މަޝްހޫރު ރޭޑިއޯ ޖޮކީ ހޯސްޓް ޕްރީތަމް އާއި އޭނާގެ އަންހެން ޕްރަބްޖޯތު، "ޣުލާމް" ސީރީޒްގައި ވީރްގެ ރޯލު އަދާކުރާ ވިކާސް މަނަކްތާލާ އާއި އޭނާގެ އަންހެނުން އަދި ޓީވީ ބަތަލާ ގުންޖަން ވާލިއާ، "މޭރޭ އަންގްނޭމޭ" ސިލްސިލާގައި ޝިވަމްގެ ރޯލު އަދާކުރި ކަރަމް ރާޖްޕާލް އާއި އޭނާގެ ލޯބިވެރިޔާ ޝިވާލިކާ އޮބެރޯއީ، "ބިގް ބޮސް 9"ގެ ދެ ބައިވެރިން ކަމަށްވާ ރޮޝޭލް ރާއޯ އާއި އޭނާގެ ލޯބިވެރިޔާ ކީތު ސްކޭރާ އަދި "ސަސުރާލު ސިމަރް ކާ"ގައި ސިމަރް އާއި ޕްރޭމްގެ ރޯލު އަދާކުރި ދީޕިކާ އާއި ޝުއައިބު ވެސް މިފަހަރުގެ ސީޒަންގައި ބައިވެރިވެ އެވެ.