10 ޖޫން 2024 - 10:42

އަންނަ ހޮނިހިރު ދުވަހު ފަށާ ޔޫރޯއަށް ހާއްސަކޮށް އަގުހުރި އިނާމުތަކެއް ހުށަހަޅައި، ގިނަ ހަރަކާތްތަކެއް ހިމެނޭ އުރީދޫގެ "ފުޓުބޯޅަ ފޯރި" ލޯންޗުކޮށްފި އެވެ.

މި ކެމްޕެއިން ލޯންޗުކުރީ ރޭ ސެންޓްރަލް ޕާކުގައި އޮތް ފޯރިގަދަ ހަރަކާތެއްގަ އެވެ. މި ހަރަކާތުގައި މި ކެމްޕެއިން ލޯންޗުކުރައްވާ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ ކުރިއަށް މި އޮތް ފުޓުބޯޅަ އީދަކީ ދިވެހިންނަށް އެންމެ ފުރިހަމަ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިން "ފުޓުބޯޅަ ފޯރީ"ގެ ދަށުން ގިނަ ހަރަކާތްތަކެއް ރާވާފައިވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށާއި، ޔޫރޯ ސްޓްރީމްކުރުމަށް ފަސޭހަ ކޮށްދިނުމަށް ހާއްސަ ޕެކޭޖުތަކެއް ހިމެނޭ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

- މެޗުތައް ސޮނީލިވްއިން ބެލުމަށް ހާއްސަ ޕެކޭޖެއް
މި ޕެކޭޖުގައި މެޗުތައް އޮންލައިންކޮށް ސްޓްރީމް ކުރަން މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ސޮނީ ލިވްގެ މެމްބަޝިޕާއި 30 ދުވަހުގެ ވެލިޑިޓީއާ އެކު 250 ރުފިޔާއަށް 100 ޖީބީ ހިލޭ ޑޭޓާ ލިބޭނެ އެވެ.
- ސުޕަނެޓް އެޕްއިން "ސްޕިން ދަ ވީލް" ގޭމް
މިއީ ދުވާލަކު އެއް ފަހަރު އުރީދޫ ސުޕައެޕްއިން ވީލް އަނބުރާލާ، އިނާމެއް ހޯދުމަށް ކަސްޓަމަރުންނަށް ލިބޭ ފުރުސަތެކެވެ. އުރީދު ފުޓުބޯޅަ ފޯރި ކުރިއަށްދާ މުއްދަތުގައި އުރީދޫ ސުޕަ އެޕް މެދުވެރިކޮށް ޕެކްތައް އެކްޓިވޭޓުކުރުމުން "ސްޕިން ދަ ވީލް"ގައި ބައިވެރިވުމަށް އިތުރު ފުރުސަތުތައް ލިބޭނެ އެވެ.
މި ގޭމުން ނަސީބުވެރި ކަސްޓަމަރުންނަށް މޫލީ ކޫޕަން، ޑޭޓާ ޕެކް، އެމް-ފައިސާ ކޭޝް-އިން ފަދަ އިނާމުތައް އުރީދޫން ވަނީ ހުށަހަޅައިފަ އެވެ.
- ގެސް ދަ ސްކޯ
ޔޫރޯގެ މެޗުތަކަށް ހާއްސަކޮށް އުރީދޫ ސުޕައެޕުގައި "ގޭސް ދަ ސްކޯ" މުބާރާތެއް ކުރިއަށްދާނެ އެވެ. މި މުބާރާތުގައި ކޮންމެ މެޗެއްގެވެސް ވަކި ވަގުތެއްގެ ކުރިން މެޗުގެ ސްކޯ ދިމާކުރުމުގެ ފުރުސަތު އެޕުން ހުޅުވާލެވޭނެ އެވެ.
މި މުބާރާތުގައި އެންމެ ގިނަ ސްކޯ ދިމާކުރާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުުގައި ހުށަހަޅާފައި ވަނީ ޕްލޭސްޓޭޝަން ކިޓެކެވެ. މި ކިޓުގައި ޕްލޭސްޓޭޝަން 5 ކޮންސޯލް ޑިސްކް ވާޝަން، ޕްލޭސްޓޭޝަން ޕޯޓަލް ރިމޯޓް ޕްލޭޔާ، ޕްލޭސްޓޭޝަން ވީއާރް އަދި ޕީއެސް5 ފީފާ 2024 ހިމެނެ އެވެ.
- އުރީދޫ ޔޫރޯ ފެންޓަސީ ލީގު
އުރީދޫން ޔޫރޯއަށް ހާއްސަކޮށް ފެންޓަސީ ފުޓުބޯޅަ ލީގެއް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މި ލީގަށް ހުށަހަޅާފައިވާ 25،000ރ. އަށް ވާދަކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބޭނެ އެވެ.
- އުރީދޫ ނޭޝަން - ވާޗުއަލް ޔޫރޯ މުބާރާތް
އުރީދޫ ނޭޝަން: ވާޗުއަލް ޔޫރޯ" އަކީ 2 އޮން 2 ފީފާ ޕްލޭސްޓޭޝަން މުބާރާތާކެވެ. މި މުބާރާތަށް 30،000ރ. ގެ އިނާމު ޕޫލެއް ވަނީ ހުށަހަޅައިފަ އެވެ. މިމުބާރާތް އޮންނާނީ ޔޫރޯ ފެށުމުގެ ކުރިންނެވެ.
އުރީދޫގެ ފުޓުބޯޅަ ފޯރީގެ ހަރަކާތްތައް ފަށާ ތާރީހުތަކުގެ ތަފްސީލުތައް ސޯޝަލް މީޑިއާގައި އިއުލާނުކުރަމުން ދާނެ އެވެ.