09 ޖޫން 2024 - 07:00

މަޔާކޯ (ޖޫން 9) – އަނިޔާގެ ސަބަބުން ސްޕެއިންގެ ގައުމީ ޓީމާ ދުރުގައި ދިގު މުއްދަތެއް ހޭދަކުރި މިޑްފީލްޑަރު ޕެޑްރީ ގޯންޒާލޭޒް، އެނބުރި އައިސް ޔޫރޯގެ ކުރިން އޭނާގެ ފެންވަރު ދައްކާލައިފި އެވެ.

އަންނަ ހުކުރުދުވަހުގެ ރޭ ފަށާ ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ސްޕޭން ކުޅުނު ފަހު މެޗުގައި އުތުރު އަޔަލެންޑާ ދެކޮޅަށް ރޭ ކުޅުނު މެޗުން މޮޅުވީ 5-1 ންނެވެ. ރޮޑްރީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
ވޯލްޑް ކަޕް 2022 ގެ ފަހުން، އިއްޔެގެ ނިޔަލަށް އެއްވެސް މެޗެއް ގައުމީ ޓީމުގައި އޭނާ ނުކުޅެ އެވެ. ދޮޅު އަހަރު ޓީމާ ދުރުގައި ހުރުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ސްޕޭނަށް ނަތީޖާ ހަމަހަނަކޮށް ދިން ލަނޑު އޭނާ ޖެހީ 12 ވަނަ މިނެޓްގަ އެވެ. އެއީ ގައުމީ ޓީމުގެ ޖޮޒީ، އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ ޖެހި ފުރަތަމަ ލަނޑެވެ.
ބޮޑު އަނިޔާއެއްގައި ހޭދަކުރުމުން އޭނާ ޔޫރޯ އަށް ފިޓް ނުވެދާނެކަމުގެ ބިރު ވެސް އޮތެވެ.
"މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް މެޗަށް، ޓީމުގެ ކުރިމަތިލި ގޮތް ވަރަށް އުފާވޭ. ހަމައެޔާ އެކު އުފާވޭ އަހަރެންގެ ފުރަތަމަ ލަނޑު ފެނިގެން ދިއުމުން،" ޕެޑްރީ ބުންޏެވެ.
"ސީޒަނުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރިން، ވަރަށް ގިނަ ކަންތައްތަކެއް ދިމާވި. އެކަމަކު އެކަންކަން އަރައިގަތުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރިން.
"މި ލަނޑާއެކު އަނިޔާ އަހަރެން ފަސްދީ ހިނގައްޖެ. ޖިސްމާނީގޮތުން ވަރަށް ރަނގަޅުހެން ހީވޭ. ޔޫރޯއަށް އިންތިޒާރުކޮށް، އަލުން އާދެވުމުން ވަރަށް އުފާވޭ. މެޗު ފެށިގެން ދެވަނަ މިނެޓްގައި އުތުރު އަޔަލެންޑުން ލިޑް ނެގި އެވެ. އެކަމަކު އޭގެ 10 މިނެޓް ފަހުން ސްޕެއިނަށް މެޗުގެ ތެރެއަށް އެނބުރި އައިސް ހަމަޖެހިލެވުނެވެ.
ސްޕެއިނުގެ އަނެއް ހަތަރު ތިން ލަނޑު ޖެހީ ކެޕްޓަން އަލްވާރޯ މޮރާޓާ އާއި ފަބިއަން ރުއިޒް އަދި މިކެލް އޮޔާސަބަލް އެވެ.