ދެ ލައްކަ ރުފިޔާ ލިބޭ ބޭންކް ފަންޑަށް ހުށަހެޅުމުގެ ފުރުސަތު ހަމަވަނީ
ދެ ލައްކަ ރުފިޔާ ލިބޭ ބޭންކް ފަންޑަށް ހުށަހެޅުމުގެ ފުރުސަތު ހަމަވަނީ

ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބީއެމްއެލް އިން ތައާރަފްކުރި 'ބޭންކް ފަންޑް'އަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެ އެވެ.

'ބޭންކް ފަންޑް' ހުޅުވާލާފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ. އެ ތަންތަނުން ފަންޑު ހޯދުމަށް ބޭނުންވާ ޕްރޮޕޯޒަލް އާއި މައުލޫމާތުތައް[email protected]އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ބީއެމްއެލްއިން ބުނީ ކޮންމެ އަހަރަކު ވެސް، ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް މި ފަންޑުން ދެ ލައްކަ ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިދިޔަ މަހު ބީއެމްއެލްއިން ތައާރަފްކުރި މި ފަންޑަކީ ޖަމިއްޔާތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ކުރިން ދެމުން އައި ފަންޑަށް ބަދަލު ގެނެސް، އިތުރު ފުރިހަމަކަމާއެކު ފަށާ ފަންޑެއް ކަމަށެވެ.

ބީއެމްއެލްއިން މީގެ ކުރިން ވަނީ "ކޮމިއުނިޓީ ފަންޑު"ގެ ނަމުގައި އިޖުތިމާއީ 100 ޕްރޮޖެކްޓެއް ހިންގުމަށް ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށް އެހީތެރިކަން ދީފަ އެވެ.