ގިނަ ދާއިރާތަކުން ރާއްޖެ-ލަންކާ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
ގިނަ ދާއިރާތަކުން ރާއްޖެ-ލަންކާ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި

ގިނަ ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ސްރީލަންކާގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ގިނަ ދާއިރާތަކުން ރާއްޖެ-ލަންކާ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
ގިނަ ދާއިރާތަކުން ރާއްޖެ-ލަންކާ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި

އެ މަޝްވަރާ ބައްދަލުވުމަކީ ތިން ދުވަހުގެ މުއްދަތަށް ޒަމީރު ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ސަބްރީ އާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ބޭއްވުނު ރަސްމީ ވާހަކަތަކެވެ.

ގިނަ ދާއިރާތަކުން ރާއްޖެ-ލަންކާ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
ގިނަ ދާއިރާތަކުން ރާއްޖެ-ލަންކާ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި

އެ ބައްދަލުވުމަށްފަހު ޒަމީރު އިއްވެވި ބަޔާނުގައި ވިދާޅުވީ ދެ ގައުމުގެ އިގްތިސާދު ކުރިއެރުވުމާއި ތައުލީމާއި ވިޔަފާރި އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

ގިނަ ދާއިރާތަކުން ރާއްޖެ-ލަންކާ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
ގިނަ ދާއިރާތަކުން ރާއްޖެ-ލަންކާ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި

މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުމުގައި މަސްވެރިކަމަށް ދެ ގައުމުން ވެސް ބަރޯސާވެފައިވާ އިރު، ދެ ގައުމުގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް މަޝްވަރާތަކުގައި އަލިއަޅުވައިލެވުނު ކަމަށެވެ.

- ސަލާމަތާއި ދިފާއީ ދާއިރާގައި ރާއްޖެ އާއި ލަންކާ އިން މިހާރު ވެސް ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދެމުންދާއިރު، ދެ ގައުމުގެ ކަމާގުޅޭ އިދާރާތަކަށް ތަމްރީނުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުން.

- މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި ލަންކާ ހިމެނޭއިރު، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގައި މިހާރަށް ވުރެ ހަލުވި އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ދެ ބޭފުޅުން ވެސް މަޝްވަރާ ކުރެއްވި.

- ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، މަސްތުވާތަކެއްޗާއި، އިންސާނީ ވަގުފާރި ހުއްޓުވުމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމާއި ހިމާޔަތްކުރުމަށް މަޝްވަރާ ކުރެއްވި.

އޭގެ އިތުރުން އިޒްރޭލުން ފަލަސްތީނުގެ ޣާއްޒާގައި ދެ ގައުމުން ވެސް ނަގާފައިވާ ސްޓޭންޑު ތަކުރާރުކޮށް، ވީއެންމެ އަވަހަކަށް ދާއިމީކޮށް ހަނގުރާމަ ހުއްޓާލައި، ޣާއްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ލިބޭނެ ކަމަށް ދެ ގައުމުން ވެސް އުއްމީދުކުރާ ކަމަށް ޒަމީރު ހާމަކުރެއްވި އެވެ.

ޒަމީރުގެ މި ދަތުރުފުޅުގައި ސަބްރީގެ އިތުރުން ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާ ވެސް މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ. މިނިސްޓަރު އިއްޔެ ވަނީ ލަންކާގެ ބައެއް ވިޔަފާރިވެރިންނާއި، ސިޔާސީ ލީޑަރުންގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނީ މާދަމާ އެވެ.