އެސްޓީއޯއިން ހިއްސާދާރުންނާ ބައްދަލުކުރަނީ
އެސްޓީއޯއިން ހިއްސާދާރުންނާ ބައްދަލުކުރަނީ

އެސްޓީއޯގެ އަހަރީ ރިޕޯޓު ޕަބްލިޝް ކުރުމާއި އަހަރީ އާއްމު ޖަލްސާއަށް ވަމުންދާ ތައްޔާރީތައް ހިއްސާކުރުމުގެ ގޮތުން ހިއްސާދާރުންނާ އެކު ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ހަރަކާތުގައި ކުންފުނީގެ ސްޓްރެޓީޖިކް ކަންތައްތައްތަކާ މެދު މަޝްވަރާކޮށް ހިއްސާދާރުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދޭނެ އެވެ. އެސްޓީއޯއިން ބުނީ މި ބައްދަލުވުމަކީ ނުރަސްމީ ބައްދަލުވުމަކަށްވުމުން މި ހަރަކާތަށް ހިއްސާދާރުންނަށް ޕްރޮކްސީން ހަމަޖެއްސުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. އާއްމުކޮށް ކުންފުނިތަކުން ހިއްސާދާރުންނާއި ބައްދަލުކުރަނީ އަހަރީ އާއްމު ޖަލްސާގަ އެވެ.

މި ހަރަކާތުގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ ހިއްސާދާރުންނަށް ކަމަށާއި މި ހަރަކާތުގައި ބައިވެރިވުމަށް ހުކުރު ދުވަހުގެ 11 ޖެހުމުގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް އެސްޓީއޯ ޕޯޓަލުން މިހާރު ރަޖިސްޓްރީކުރެވޭނެ އެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 11 ޖަހާއިރު އެސްޓީއޯ ޓްރޭޑިން ސެންޓަރުގެ 4 ވަނަ ފްލޯގައި ހުންނަ ޓްރެއިނިން އިންސްޓިޓިއުޓްގަ އެވެ.

އެސްޓީއޯއިން ހިއްސާދާރުންނާ އެކު ހަރަކާތެއް ރާވާފައިވާއިރު، މި އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު އެވެ.