05 ޖޫން 2024 - 07:53

ބޮލީވުޑް ތަރި ވަރުން ދަވަންގެ އަންހެނުން ނަތާޝާ ދަލާލު އިއްޔެ އަންހެން ކުއްޖަކު ވިހައިފި އެވެ.
ވަރުން ދަވަންގެ އަންހެނުން އަދި ފެޝަން ޑިޒައިނަރު ނަތާޝާ ވިހެއީ އިއްޔެ ހަވީރު މުމްބާއީގެ ހޮސްޕިޓަލެއްގަ އެވެ.
ހޮސްޕިޓަލުގައި ވަރުންގެ ބައްޕަ ޑޭވިޑް ދަވަން އާއި އޭނާގެ މަންމަގެ އިތުރުން ވަރުންގެ ފަހަރި ވެސް ތިބި ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.
އެ ދެ މީހުންގެ ދަރިފުޅުގެ އެއްވެސް ފޮޓޯއެއް އަދި ސޯޝަލް މީޑިއާ އަށް ހިއްސާ ކޮށްފައެއް ނުވެ އެވެ.
ވަރުން އާއި ނަތާޝާ އަށް އަންނަނީ ގިނަ ބަޔަކު މަރުހަބާ ކިޔަމުންނެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ވަރުން ވަނީ އޭނާގެ އިންސްޓަގްރާމަށް ޕޯސްޓު ކުރި ފޮޓޯ އަކާ އެކު، ނަތާޝާ ބަލިވެ އިން ކަން އިއުލާން ކޮށްފަ އެވެ. އަދި އެންމެންގެ ހެޔޮ ދުއާ ބޭނުން ކަމަށް ވެސް ލިޔެފައި އިނެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު، ވަރުން އާއި ނަތާޝާ ކައިވެނީގެ ގޮތުން ގުޅުނީ 2021 ޖެނުއަރީ 24، 2021 ގަ އެވެ.
ވަރުން ދެން އެންމެ އަވަހަށް ފެންނާނީ އޭ ކަލީސްވަރަން ޑައިރެކްޓު ކުރާ ފިލްމު "ބޭބީ ޖޯން" އިންނެވެ. އަދި އެކްޓަރު ސަމަންތާ ރޫތު ޕްރަބޫއާ އެކު ހޮލީވުޑް ސީރީޒް ސިޓަޑެލްގެ އިންޑިއާ އެޑެޕްޓޭޝަން އިން ވެސް އޭނާ ފެނިގެންދާނެ އެވެ.