04 ޖޫން 2024 - 10:09

ގިނަ އަދަދެއްގެ ފައިސާ ފޭރުނު ކަމަށް ތުހުމަތުކުރާ ބަޔަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ 2 ގެ ޓަވަރު އެކެއް ކައިރީގައި، މީހެއްގެ އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭ ކަމަށް ރިޕޯޓުކުރި ކަމަށެވެ.
އެކަން އިތުރަށް ބެލިއިރު، ހިފަހައްޓާފައި ތިބި މީހުން އެކި ފަހަރު މަތިން އެހެން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ދިވެހި ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވެ އެވެ. އެއީ 32 އަހަރުގެ ދެ މީހުންނާއި 36 އަހަރު އަދި 45 އަހަރުގެ މީހެކެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.