02 ޖޫން 2024 - 16:02

ކަރަންޓް ބިލްތައް ބޮޑުވެގެން އާންމުންގެ ޝަކުވާ މިހާރު ވަރަށް ބޮޑެވެ. މިއީ، ނިމުމެއް ނެތް ޝަކުވާ އެކެވެ. މީގެ އެތައް އަހަރެއް ކުރިން ފެށިގެން އެ ޝަކުވާ އޮވެ އެވެ. މިދިޔަ މަހުގެ ކަރަންޓް ބިލާ އެކު އަނެއްކާ ވެސް ސޯޝަލް މީޑިއާ ފުރާލައިފައި އޮތީ އެ ވާހަކަތަކުންނެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށް ކަރަންޓް ބިލާ ދޭތެރޭ އުފައްދާފައި ހުރި ޝައްކުތަކަށް ޖަވާބު މި ދެއްވަނީ ސްޓެލްކޯގެ އިންޖިނިއާ އިސްމާއިލް ނިޝާރެވެ.
ޖަވާބު: މިހާރު ލިބިގެން މި އުޅޭ ބިލްގައި ހިމެނެނީ އޭޕްރީލް މަހުގެ އެއް ބަޔާއި މެއި މަހުގެ އެއްބައި ދުވަސްތަކުން ދުވަސް ހަމަކޮށްފައިވާ ބިލެއް. އެއީ ވާރޭ ވެހެން ފެށުމުގެ ކުރީގެ ދުވަސްތަކެއް. ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެ.
ސާޅީސް ހަ ހާސް ކަސްޓަމަރުން އުޅޭ، މާލެ ސަރަހައްދުގައި އެކަނި. ރީޑިން ނަގަން ޖެހެނީ 12 ދުވަސް ތެރޭ. ނަގާއިރު އެކި ދުވަސްތަކުގައި މި ނެގެނީ. ސީދާ 30 ދުވަހަށް ދުވަސް ހަމަކުރަން އެގޮތަކަށް ނުހެދޭ.
ޖަވާބު: އެ މުއްދަތުގެ ތެރޭގައި ހޫނުމިން އިހުސާސްކުރެވޭ ވަރު ވަރު 40 އިން 46 ޑިގްރީ ސެލްސިއަސް އަށް ވެސް އެރި. ކްލައިމެޓް ހަމަ. އެ ދުވަސްކޮޅު ރީޑިން ނެގިފައި ހުރީމަ އެ ހުރީ ހަމަ އެ ވަރު އަރާފައި.
ސަތޭކަ ޔުނިޓް މި ދެނީ 30 ދުވަހަށް. އެކަމަކު ބައެއް ފަހަރަށް ރީޑިން ނެގިފައި ހުންނާނެ 29 ދުވަސް 31 ދުވަސް. ސަތޭކަ ޔުނިޓް ކަނޑައަޅާފައި މި އިންނަނީ 30 ދުވަހަށް. އޮނަތިރީސް ދުވަސް ވެއްޖެ ނަމަ 100 ޔުނިޓެއް ނުދެވޭނެ. އެއްތިރީސް ދުވަސް ވެއްޖެނަމަ ހަމަ އިތުރު ވޭ 100 އަށްވުރެ ގިނައިން. ޕަސެންޓޭޖް ހަދާފައި އެއަށް ވެސް ދޭނީ.
ޖަވާބު: ބައެއް މީހުންގެ އެބަ ހުރޭ ބޭނުން ކުރާ މިވަރު އެއްވަރު ވެފައި. އޭގައި ވާގޮތަކީ ސަރުކާރުން ޑިސްކައުންޓް ދޭން ނިންމި ދެ މަހު އެކްޗުއަލް ރީޑިން ވެސް އިންނާނެ ފެންނަން. ސްޓެލްކޯއިން ހެދިގޮތަކީ މިދިޔަ އަހަރު ކޮންސެމްޕްޝަނަށް ބެލީ. އެންމެ ޕީކް 3 މަސް ކަނޑާލާފައި ބާކީ އިން 9 މަހުގެ އެވްރެޖް ހަދަނީ. އެ އެވްރެޖަށް ބިލް ތައްޔާރު ކުރަނީ. އެ އެވްރެޖް މި ހަދަނީ އެ މަހު ކޮންޒިއުމް ކުރި ވަރު ބޮޑު ވަންޏާ އެވްރެޖަށް ބިލް ކުރީ. އެވްރެޖަށް ވުރެ ކުޑަވެއްޖެ ނަމަ އެ އިން ވަރުގައި ބައިންދައިފަ 10 ޕަސެންޓްގެ ޑިސްކައުންޓެއް ދެނީ. އެއީ ކުޑަވާ ޔުސޭޖްތަކަށް. އެހެންވެ ދެ މަހަށް އެއްވަރެއް އެ ހުރީ.
މި މަހު ބޭނުންކުރި ވަރު ކުޑަވެފައި އޭގެ ކުރީ މަހު ބޭނުންކުރި އަދަދު މަދުވެފައި އެ ހުންނަނީ އޭގެ ކުރީ ދެ ބިލުން ޑިސްކައުންޓް ދީފައި ހުރުމުން. މި މަހުގެ ބިލް ނޫން އޭގެ ކުރީ ދެ މަހުގެ އެކްޗުއަލް އެމައުންޓް އިން ނަމަ އަސްލު ބޮޑުކޮށް ފެންނާނީ. އެ އިންނަނީ އެވަރެޖް ހަދާފައި ޑިސްކައުންޓް ދީފައި.
ޖަވާބު: އެ ބިލުގައި ކޮންމެ މަހެއްގައި އާންމުކޮށް ލިބޭ ކަމަށް ހުންނަނީ 900ރ. އިން ދަށުގެ ބިލެއް. އެކަމަކު އޭގަ އެ އިންނަނީ ޖޫރިމަނާއެއް ލާފައި. އޭނާ އަށް ވައިލޭޝަން ފީއާ އެއްކޮށް މި އިންނަނީ ފެންނަން. އެކަމަކު ހީވަނީ ކުއްލިއަކަށް ބޮޑު ބިލެއް އައިސްފައި އިންނަހެން.
އެ މީހާ އަކީ ތިން ފަހަރަށް ޖޫރިމަނާ ކޮށްފައި ހުރި މީހެއް. އެއީ ބިލު ނުދައްކައިގެން ސީލް އެޅުވުމުން އަމިއްލައަށް ސީލް ކަނޑާލައިގެން އަމިއްލައަށް ކަރަންޓު ދެނީ ކޮންމެ ފަހަރަކު. ސީލް ކަނޑާލާފައި އަމިއްލައަށް ކަރަންޓު ދިނުމުން ސްޓެލްކޯއިން ކުރި ކަމަކީ އެ އެޕާޓްމެންޓަށް ކަރަންޓު ދޫކުރާ ފޮށިން ކަނޑާލީ. ދެން އެ މީހާ މި ކުރާ ކަމަކީ އެ ފޮށި ހުޅުވައިގެން އެ ވެސް ޖައްސަނީ.
އެހެންވެ އެ މައްސަލާގައި ކޮށްފައި އިން ޖޫރިމަނާ އެއް އެއީ، އެ ޖޫރިމަނާ ވެސް ކުރާނީ އޭނާ އަށް އެކަން އަންގައިފައި. އޭނާ އެ ކުރީ އެއީ ގާނޫނީ ބޮޑު ކުށެއް. ފުރަތަމަ ފަހަރު 3000ރ. ދެން ކޮންމެ ފަހަރަކު 1000ރ. އިން ޖޫރިމަނާ ކުރާނީ.
ޖަވާބު: އެއީ ބިލް ކުރި މުއްދަތުގައި މީހުން އެ ގޭގައި އުޅުނީމަ. ނޫނީ މީހަކު ނޫޅުނަސް ފްރިޖެއް އެއްޗެއް، ނުވަތަ ކަރަންޓު ހިނގާ އެއްޗެއް ޖައްސައިފައި ހުރީމަ. މީހަކު ނެތި، ނުވަތަ ކަރަންޓުގެ އެއްވެސް އެއްޗެއް ނުޖައްސާ ހުއްޓާ ބިލް ބޮޑުވެއްޖެ ނަމަ މީޓަރުގެ އެއްވެސް މައްސަލައެއް އުޅޭތޯ ބަލަން އެދެން. އުޅޭ ނަމަ ސްޓެލްކޯއަށް އަންގަން. މީހަކު ނޫޅެނީސް، ނުވަތަ ކަރަންޓުގެ އެއްވެސް އެއްޗެއް ނެތިސް މީޓަރު ހިނގާ ކަމަށް ވަންޏާ އެއީ މައްސަލައެއް. ސްޓެލްކޯއާ ވާހަކަ ދައްކައިގެން ހައްލު ކުރުމަށް އެދެން.
ޖަވާބު: ޖަނަރޭޓާ ސައިޑަކީ ފުރަތަމަ ފަށާތަން. ޖަނަރޭޓަރުން ދާނީ އެ ޖަނަރޭޓަރުގެ ޓްރާންސްފޯމާސްތަކަށް. ޓްރާންސްފޯމާސްތަކުން ދާނީ އެމްވީ ސުވިޗް ގިޔަރަށް، އެ އޭރިޔާ ތެރެއަށް (ރަށު ތެރެއަށް ދާނީ) ރަށު ތެރެއަށް ގޮސް ސްޓެޕް ޑައުން ކުރާނީ. ސްޓެޕް ޑައުން ކޮށްފައި އޭގައި ހުންނަނީ ޓެޕްސްތަކެއް (އެއީ ވޯލްޓޭޖް ހުންނަ) 11 ކިލޯވޯލްޓްގައި މި ހުންނަނީ އަބަދު ވެސް ސެޓްކޮށްފައި. ހަތަރު ސަތޭކަ، ތްރީ ފޭސްގައި ބައިންދާފައި 240 ނުވަތަ 230 މި އިންނަނީ ގެއަށް ފޮނުވާފައި. އެއީ ވޯލްޓޭޖް ދޫކޮށްފައި އިންނަ ގޮތް. އޭގައި އުޅޭނީ ވޯލްޓޭޖް ކަރަންޓް އަދި ޕަވާ.
އެބަ ދެކެވޭ އާރްޕީއެލް ދަށްކުރާ ވާހަކަ. މިސާލަކަށް އާރްޕީއެލް ދަށްކުރީ. އާރްޕީއެލް ދަށެއް ނުކުރެވޭނެ. އޭގަ ހުންނާނެ ވަކި ޕްރޮޓެކްޝަންތަކެއް. ވަކި ފްރިކުއެންސީތަކެއް ވަކި ލެވެލްއެއްގައި ބަހައްޓަން ޖެހޭ އެއްޗެހި ހުންނާނީ އޭގައި. އެއީ ފިކްސް ކޮށްފައި ހުންނަ އެއްޗެހި. އެ ހުންނަ ލެވެލް އަށްވުރެ ދަށްކޮށްފި ނަމަ އެ ޓްރިޕް ވާނެ، އިންޖީނު ނިވޭނީ ޝަޓްޑައުން ވެގެން.
ކަރަންޓު ލިބުތައް މައްޗެއް ނުކުރެވޭނެ (ސްޓެލްކޯ އަކަށް). އެހެން ބުނީމަ ހީވަނީ ސްޓެލްކޯއިންނޭ މީޓަރުތައް ހިންގަނީ. ސްޓެލްކޯއިން މި ކުރާ ކަމަކީ އެއަށް ބޭނުންވާ ޕަވާ ދެނީ. އެއަށް ބޭނުންވާ ބާރު (ފޯސް) އެކަނި. މީޓަރާ ހިސާބަށް ސްޓެލްކޯއިން މި ދެނީ، އެއިން ތިރިއަށް ދާނީ ކަސްޓަމަރު ބޭނުން ކުރާ ވަރަކަށް އެކަނި. ސްޓެލްކޯއަކަށް ނުކުރެވޭނެ ބިލު ބޮޑުކޮށް ކުޑަކޮށް އެކަހަލަ ކަންކަމެއް.
މިހާރު އަޅުގަނޑުމެން މަސައްކަތް ކި ކުރަނީ ރިއަލް ޓައިމް (ރީޑިން ނަގާ ދުވަހު) ބިލް ދެވޭތޯ. އޭރުން ކަސްޓަމަރަށް ވެސް އެނގޭނެ މި އިނީ ރަނގަޅަށްކަން ބިލް ކޮށްފައި. މިހާރު ރީޑިން ނަގާތާ 25 ނުވަތަ 20 ދުވަސް ފަހުން ބިލް މި ދަނީ. ދިޔައީމަ މި ކޮމްޕެއާ ކުރަނީ.