ލަންކާގެ ކައިޓްސާފަރުންނާ ވާދަކޮށް ހަންޓެ އަށް ވިންޑް ރައިޑާސްގެ ރޭސް ކެޓަގަރީގެ ޗެމްޕިއަންކަން
ލަންކާގެ ކައިޓްސާފަރުންނާ ވާދަކޮށް ހަންޓެ އަށް ވިންޑް ރައިޑާސްގެ ރޭސް ކެޓަގަރީގެ ޗެމްޕިއަންކަން

ލަންކާގެ ކައިޓް ސާފަރުންނާ ވާދަކޮށް، ބ. ގޮއިދޫގައި ކުރިއަށްދާ ވިންޑްރައިޑާސްގެ ރޭސް އިވެންޓްގެ ޗެމްޕިއަންކަން ރާއްޖޭގެ ހަސަން މާހިރު (ހަންޓެ) ހޯދައިފި އެވެ.

އިއްޔެ ކުރިއަށް ދިޔަ އެ އިވެންޓްގައި ހަންޓެއާ އެންމެ ގާތުން ވާދަކުރީ ލަންކާގެ ދެ ސާފަރުންނެވެ. ހެންޓެ އެއްވަނަ ހޯދި އިރު ދެ ވަނަ އާއި ތިންވަނަ އަށް ދިޔައީ ލަންކާގެ ދެ ސާފަރުންނެވެ.

އިއްޔެ އިން ފެށިގެން މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް މުބާރާތް ކުރިއަށްގެންދާ ގޮތަން ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތުގެ މިދިޔަ ދެ އަހަރުގެ އެޑިޝަން ވެސް ގޮއިދުއަށް ނިސްބަތްވާ ހަންޓެ ކާމިޔާބު ކުރި އެވެ.

ބ. ގޮއިދޫ އަށް ނިސްބަތްވާ ހަންޓޭ އަށް ކައިޓް ސާފިންގެ ތެރެއަށް ވަދެވުނީ ތަފާތު ގޮތަކަށެވެ. ކުޑައިރުގައި ކުޑަކުދިން އެންމެ ގިނައިން އުޅެނީ މަގުމަތީގައި ބޯޅަ ހިފައިގެން ކުޅޭށެވެ. ނަމަވެސް ހެންޓޭ މަގު މައްޗަށް ނުކުތީ، ވާރޭ ވެހުމުން މަގުތަކުގައި ފެން ހެދުމުން ފިލާ ބުރިއެއް ހިފައިގެންނެވެ.