މި އަހަރުގެ މިހާތަނަށް ރަހީނުކުރުމުގެ 27 މައްސަލަ ރިޕޯޓްކޮށްފައިވޭ: ޕޮލިސް
މި އަހަރުގެ މިހާތަނަށް ރަހީނުކުރުމުގެ 27 މައްސަލަ ރިޕޯޓްކޮށްފައިވޭ: ޕޮލިސް

މި އަހަރުގެ މިހާތަނަށް ރަހީނު ކުރުމުގެ 27 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ ޑިސެމްބަރުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރަހީނު ކުރުމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މާޗް މަހެވެ. އެއީ 10 މައްސަލަ އެވެ.

ޖެނުއަރީ: ތިން މައްސަލަ

ފެބްރުއަރީ: ހަ މައްސަލަ

މާޗް: 10 މައްސަލަ

އޭޕްރީލް: ހަތް މައްސަލަ

މޭ 16އަށް: އެއް މައްސަލަ

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. ޖުމްލަ 2952 މައްސަލަ ހުށަހަޅާފައި ވާއިރު، ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވެސް މާޗް މަހު އެވެ.

ޖެނުއަރީ: 668

ފެބްރުއަރީ: 607

މާޗް: 701

އޭޕްރީލް: 620

މޭ 16 އަށް: 356

މިދިޔަ ފަސް މަހު ފޭރުމުގެ 328 މައްސަލަ ޕޮލިހަށް ރިޕޯޓު ކޮށްފައިވާއިރު، މިދިޔަ ހަފްތާ ވަނީ ދުވަސްވީ ފިރިހެނުން ހައްލާލައިގެން ހިޔާ ފްލެޓަށް ގެންގޮސް ފޭރެމުންދާ މައްސަލައެއް ވެސް ފެންމަތިވެފަ އެވެ. އަދި ނޭޕާލް ފިރިހެނަކު ރަހީނުކޮށްގެން ހަތް ދުވަސްވަންދެން ގެސްޓްހައުސްއެއްގައި ގެންގުޅެނިކޮށް ފުލުހުން ވަނީ އެ މީހާ ސަލާމަތް ކޮށްފަ އެވެ.