28 މެއި 2024 - 07:12

ކުޑައިރު ކުޅެން ގެންގުޅުނު ކުޅޭ ސާމާނަށް މިހާރު ވަރަށް ގިނަ ޒަމާންތަކެއް ވެއްޖެ އެވެ. އޭގެތެރޭގައި ގަރުނެއް ވެގެން ދިޔަ އެއްޗިހި ވެސް ހިމެނެ އެވެ. މިއީ، ބައެއް ކުޅޭ ސާމާނު ތައާރަފްވި އަހަރުތަކެވެ.

މި ކުޅޭ އެއްޗަކީ ކިޔެވުމަށް ބޭނުން ކުރާ އެއްޗެކެވެ. މި ކުޅެން ޖެހޭ ގޮތަކީ ބުރު ކައިރީގައި އިންނަ ވާކޮޅަށް ދަމައިލާފައި، ތީރު މެދަށް ޖެހޭ ފޮޓޯ އަކީ ކޮބައިކަން ބުނެދޭށެވެ. އަދި އޭގެން އިވެނީ ކޮން އަޑެއްކަން ބުނެދޭށެވެ. މިއީ 1965 ވަނަ އަހަރު ތައާރަފްވި ކުޅޭ އެއްޗެކެވެ.

މިއީ މިހާރުވެސް ކުދިން ކުޅެން ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. މީގައި ޖެހެނީ އެ ބުރަށް އަރައި ބުރު ވައްޓައިނުލާ އަނބުރާށެވެ. މި ބުރު ފުރަތަމަ ތައާރަފްވީ 1958 ވަނަ އަހަރު އެވެ.

މިއީ 1959 ވަނަ އަހަރު ތައާރަފްވި ކުޅޭ އެއްޗެއް ނަމަވެސް، މިހާރުވެސް ވަރަށް ގިނަ ކުޑަކުދިންގެ ފެވަރިޓެކެވެ.

މިއީ އުކަން ގެންގުޅޭ ވަށްކޮށް އިންނަ ޕްލާސްޓިކް ކޮޅެކެވެ. 1957 ވަނަ އަހަރު ތައާރަފްވި މި ކުޅޭ އެތި މިހާރު ވެސް ކުދިން ކުޅެން ގެންގުޅެ އެވެ.

މިއީ 1950 ގެ އަހަރުތަކުގައި ތައާރަފް ކުރެވުނު އެއްޗެކެވެ. މި ބޯޅަ ތަޅުވާލާފައި އެއަށް އަރާ ކަމެއް ޖެހޭނީ ކުރާށެވެ. މިއީ ކުދިންގެ މެދުގައި މަގުބޫލު ކުޅޭ އެއްޗެކެވެ.
ކުޅެން ގެންގުޅު މި ސާމާނު، މިހާރުވެސް ބޭނުން ކުރާލެއް މަދެއް ނޫނެވެ. މިއީ އަދިވެސް ކުދިންގެ މެދުގައި މަގުބޫލު ކުޅޭ އެއްޗެހިތަކެކެވެ.