ގެސްޓް ހައުސްއެއްގައި ކިޑްނެޕް ކޮށްގެން ގެންގުޅުނު ފިރިހެނަކު ސަލާމަތް ކޮށްފި
ގެސްޓް ހައުސްއެއްގައި ކިޑްނެޕް ކޮށްގެން ގެންގުޅުނު ފިރިހެނަކު ސަލާމަތް ކޮށްފި

މާފަންނު ގެސްޓްހައުސްއެއްގައި ފިރިހެނަކު ކިޑްނެޕް ކޮށްގެން ގެންގުޅެނިކޮށް ފުލުހުން މިރޭ ސަލާމަތްކޮށްފި އެވެ.

މާފަންނު ވީބީ މާޓް، ގޯޅިތެރޭގައި ހުންނަ "ސްކައި ލޭންޑް" ކިޔާ ގެސްޓްހައުސްގައި ނޭޕާލްގެ އެ ފިރިހެން މީހާ ގެންގުޅޭތާ، އެނގިފައިވާ ގޮތުގައި، ހަފުތާއެއް ވެއްޖެ އެވެ.

ފުލުހުން ބުނީ އޭނާ ކިޑްނެޕްކޮށްގެން ގެންގުޅޭ މައްސަލަ ރިޕޯޓްކުރީ މިއަދު ކަމަށެވެ.

އެ ގެސްޓް ހައުސްގައި، ފުލުހުންގެ އެންޓި-ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެންމެ ސީރިއަސް ކުށްތަކުގެ ތެރޭގައި ހިމެނޭ، މި މައްސަލައިގައި މިހާތަނަށް ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފިރިހެންމީހާ ސަލާމަތްކޮށް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ރަނގަޅެވެ.