ބައްޕަގެ ކާމިޔާބީއާ އެކު ފައިސަލްގެ އިހްސާސްތައް ބަންޑުންކޮށްލައްވައިފި
ބައްޕަގެ ކާމިޔާބީއާ އެކު ފައިސަލްގެ އިހްސާސްތައް ބަންޑުންކޮށްލައްވައިފި

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް، ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އައްޔަން ކުރަން ނިންމުމާ ގުޅިގެން، ބައްޕާފުޅަށް އޮތް ލޯބި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބަންޑުންކޮށްލައްވައިފި އެވެ.

ބައްޕަގެ ކާމިޔާބީއާ އެކު ފައިސަލްގެ އިހްސާސްތައް ބަންޑުންކޮށްލައްވައިފި
ބައްޕަގެ ކާމިޔާބީއާ އެކު ފައިސަލްގެ އިހްސާސްތައް ބަންޑުންކޮށްލައްވައިފި

އަބްދުއްރަހީމް އެ މަގާމަށް ހަމަޖެއްސުމަށް ޕާޓީން ނިންމުމާ ގުޅިގެން ފައިސަލް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންމެ ދަތިހާލުގައި އުޅުއްވުމަށް ފަހު ބައްޕާފުޅު މިއަދު ވަޑައިގެންނެވި ހިސާބާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

ބައްޕަގެ ކާމިޔާބީއާ އެކު ފައިސަލްގެ އިހްސާސްތައް ބަންޑުންކޮށްލައްވައިފި
ބައްޕަގެ ކާމިޔާބީއާ އެކު ފައިސަލްގެ އިހްސާސްތައް ބަންޑުންކޮށްލައްވައިފި

އަބްދުއްރަހީމަކީ އާދަޔާ ހިލާފު އިންސާނެއްގެ ގޮތުގައި ސިފަ ކުރައްވައި ފައިސަލް ވިދާޅުވީ، ނިކަމެތި ހާާލުގައި އުޅުއްވަމުން ނުހަނު ޒުވާން ދުވަސްވަރު ކިޔެވުމުގެ ބޭނުމުގައި މާލެ ވަޑައިގެން ގެއެއްގެ ނޯކިރީކަން ކަން އެތައް ތަކުލީފުތަކެއް އަބްދުއްރަހީމް ތަހައްމަލު ކުރެއްވި ކަމަށެވެ.

އެގޮތުން އުޅުއްވަމުން ޒުވާން އުމުރުގައި އާއިލާއެއް ބިނާކުރައްވައި، ވަޒީފާއަށް ނިކުމެ، އަމިއްލަ އަތޮޅާއި ރަށަށް ހިދުމަތް ކުރެއްވުމަށް ރަށް ކުރިއަރުވާ ކޮމިޓީއަށް ކުރިމަތިލައިގެން ނާކާމިޔާބުވުމުން ވެސް ހިތްވަރު އެލުވާ ނުލައި ކުރިއަށް ވަޑައިގެންނެވީ ގަދަ އަޒުމާ ހިތްވަރާ އެކުގައި ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި އެކަމުން ވެސް ހިތްވަރު ލިބިގަނެ ގައުމީ ހިދުމަތުގައި އަބްދުއްރަހީމް ދެމިހުންނަވަނިކޮށް، ސިޔާސީ ރޭވުމެއްގެ ދަށުން ބޮޑު ތުހުމަތެއް ބޮލުގައި އަޅުވައި ނުހައްގު އަދަބު ދިން ކަމަށެވެ.

"ގައުމަށް ހިދުމަތް ކުރުމުގައި، ވެރީންނަށް ކިޔަމަންތެރިކަމާއެކު ލައްބައޭ ބުނެ 24 ގަޑިއިރު މަސައްކަތުގައި އުޅެނިކޮށް، އެންމެ ފަހަރަކު ނޫނެކޭ ބުނުމުން ސިޔާސީ ރޭވުމުން ވައްކަން ބޮލުގައި އަޅުވާ އަރުވާލިއެވެ. ކުދި ދަރިންކޮޅެއް މަޔަކާއެކު ނިކަމެތިވެ ބިކަވެ ދިޔަ ދުވަސްތަކުން ވެސް ބައްޕަ ހާސިލް ކުރީ އިބްރަތެވެ،" ފައިސަލް ވިދާޅުވެފައިވެ އެވެ.

އޭގެ ފަހުން ގައުމުގެ ސިޔާސީ މަޝްރަހަށް އައި ބަދަލުތަކާއެކު 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ގޮނޑި އަބްދުއްރަހީމް ކާމިޔާބު ކުރެއްވީ ސިޔާސީ ވިޔަކުރުން ހަމަ ރަނގަޅަށް ދަންނާތީ ކަމުގައި ފައިސަލް ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ހިޔާލު ތަފާތު ބައިގެ މީހުންނާއި، އެއް އޮޅީގައި އުޅޭ ހިތް ނުބައި މީހުން ޖެހި ހަޖުލާއި، ކުރި އަދި ކުރާ މަލާމާތާއި ފުރައްސާރައަކީ އިންސާނެއްގެ ހައިސިއްޔަތުން ބައްޕައަށް ވެސް އަސަރުކުރާނޭކަން ކަން ޔަގީނެވެ. އަދި އާއިލާއެއްގެ ހައިސިއްޔަތުން އަހުރެންވެސް ހިމެނޭހެން ހުރިހާ ބެއިން ހިތްދަތިވި ކިތަންމެ ކިތަންމެ ފުރައްސާރައެއް ރާއްޖޭގެ ސިޔާސީ އުޑުގެ ދަށުގައި ވެޔަތުވެ ހިނގައްޖެ އެވެ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ޑީއާރުޕީ އާއި ޕީއޭ އާއި ޕީޕީއެމްގެ ވެރިންނާއި އެ ޒަމާން މާޒީ ވެފައިިވާ ކަމަށާއި އޭގެ ފަހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ޕީއެންސީގެ ރައީސްގެ ގޮތުގައި ހުންނަވައި އަބްދުއްރަހީމް ކުރެއްވި މަސައްކަތަކީ ގައުމު ސަލާމަތް ކުރެެއްވުމަށް އެޅި ފިޔަވަޅެކެވެ.

"...އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ކާމިޔާބު ކުރުމަށް މިއަދުގެ ރައީސް ޑރ މުއިއްޒު ރިޔާސީ ރޭހަށް ނެރުއްވާ، އިންތިހާބު ބޮއިކޮޓު ކުރުމަށް ރޭވި ކެހިވެރި ރޭވުމުން ޕާޓީއާއި މި ގައުމު ސަލާމަތް ކުރުމުގެ ހިތްވަރުގަދަ ފިޔަވަޅު އެޅީ ބައްޕައެވެ. އެއީ މަދުން ނޫނީ އިންސާނަކަށް ނުނެރެވޭނޭ ފަދަ ހިތްވަރުގަދަ އަމަލެކެވެ." ފައިސަލް ވިދާޅުވެފައިވެ އެވެ.

އަބްދުއްރަހީމްގެ އެ ހިތްވަރުގަދަ ނިންމުމުގެ ސަބަބުން މިއަދު ގައުމު ދެކެމުން ދަނީ މާ އުފާވެރި މަންޒަރެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މިފަދަ އުފާވެރި ހިނދުކޮޅެއްގައި ބައްޕަގެ ކާމިޔާބީ ލޮލުން ދެކި އަތުން ހިފަން ލިބުމަކީ ދޮށީ ފިރިހެން ދަރިއަކަށް ލިބޭނޭ ކޮންފަދަ ބޮޑު ފަޚުރުވެރިކަމެއް ކަން ބަޔާން ކޮށްދޭނެ ގޮތެއް އަހުރެންނަކަށް ނޭނގެ އެވެ." ފައިސަލް ވިދާޅުވެފައިވެ އެވެ.

ކުރިއަށް އޮތް 20 ވަނަ މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އައްޔަން ކުރެވުމަކީ ތާރީހުން ހޯދި ޖާގައެއް ކަމަށާއި މުޅި ލ. އަތޮޅު ފަހުރުވެރިވާނެ ކަމެއް ކަމަށް ފައިސަލް ސިފަކުރެއްވި އެވެ.