މަޖިލީހުގެ އަމީން އާންމުގެ ނައިބަކަށް މުހައްމަދު ރަޝީދު
މަޖިލީހުގެ އަމީން އާންމުގެ ނައިބަކަށް މުހައްމަދު ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ ނައިބަކަށް މުހައްމަދު ރަޝީދު އައްޔަންކޮށްފި އެވެ.

މިދިޔަ ހަފްތާގައި އެ މަގާމަށް މުހައްމަދު ރަޝީދު އައްޔަންކުރެއްވިއިރު އޭނާ ކުރިން ހުންނެވީ މަޖިލީހުގެ އެސިސްޓެންޓް ސެކްރެޓަރީގެ ޖެނަރަލްގެ މަގާމުގަ އެވެ. އޭނާއަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ވެސް މެ ޢެވެ.

މިމަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުން ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ހިންގުމުގެ ދާއިރާ އާއި ގާނޫނީ ދާއިރާ އިން މަޖިލީހުގެ އަމީން އާންމަށް އެހީވުމަށްޓަކައި އަމީން އާންމުގެ ނައިބްގެ ގޮތުގައި ދެ މަގާމު އުފެއްދިދާނެ އެވެ.

ރަޝީދު މަގާމަށް އައްޔަންކޮށްފައި ވަނީ އެ އިސްލާހުގެ ދަށުންނެވެ.