22 މެއި 2024 - 19:59

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހްމަދު ޒުހޫރު މިއަދު ވަކިކޮށްފި އެވެ.
ސަރުކާރުގެ ގިނަ މަގާމްތަކެއް ކުރިން ފުރުއްވި ޒުހޫރު އެޗްޑީސީން ވަކިކުރިކަން "މިހާރު"އަށް ވަނީ ކަށަވަރުވެފަ އެވެ.
އޭނާ އެ މަގާމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން އައްޔަންކުރީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.
ޒުހޫރު ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމް ވެސް ފުރުއްވައިފަ އެވެ. އޭގެ ފަހުން ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުކަން ކުޑަ ދުވަސްކޮޅަކަށް ކުރެއްވި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އޭނާ ވަނީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ޗެއާގެ މަގާމް ވެސް ފުރުއްވައިފަ އެވެ.