22 މެއި 2024 - 18:11

ހުޅުމާލޭ ފޭސް އެކެއްގައި ބިދޭސީއަކު، ދިވެއްސަކަށް ތޫނު އެއްޗަކުން ހަަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ބިދޭސީއަކު ދިވެއްސަކަށް ހަމަލާދީގެން މިއަދު ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މީހާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި އަނިޔާވެފައި ވަނީ އެމީހާގެ އަތަށެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
އެކަމަކު ހަމަލާދިނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ.
އެ މައްސަލައާ ގުޅިގެން ބިދޭސީ މީހާ ހައްޔަރުކޮށް މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.